logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ސައިކަލް ވިއްކާ ކަމަށް ބުނެ 158 މީހަކަށް ލަނޑުދިން މައްސަލާގައި ދައުވާކުރަން ފޮނުވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
30 މާރިޗު 2026 - 10:05
ސައިކަލް ވިއްކާ ކަމަށް ބުނެ 158 މީހަކަށް ލަނޑުދިން މައްސަލާގައި ދައުވާކުރަން ފޮނުވައިފި

ސައިކަލު ވިއްކާކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައެއްގައި، ކުންފުންޏަކާއި އެ ކުންފުނީގެ ވެރިޔާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އިން ތަހުގީގު ފުރިހަމަކުރުމަށްފަހު، މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ 2026 މާރިޗު 03 ވަނަ ދުވަހުއެވެ. މި މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، އެ ކުންފުނީގެ ވެރިޔާ ޕޯލާގްރޭސް / ދ.ބަނޑިދޫ، އަޙްމަދު ޢާޠިފް ޙަސަން (38އ) ގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައަކީ 2023 ނޮވެމްބަރު މަހުން ފެށިގެން ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސްގެ ފަރާތުން ސައިކަލް ވިއްކާކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވިގެން 2024 އޯގަސްޓް 08 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ.

ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި މައްސަލާގައި ޖުމްލަ 158 ފަރާތެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވެއެވެ. އެގޮތުން ސައިކަލް ޕޭމަންޓުގެ ގޮތުގައި 7,193,764.00 (ހަތް މިލިއަން އެއްލައްކަ ނުވަދިހަ ތިންހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރު) ރުފިޔާ އާއި 8,398.18 (އަށްހާސް ތިންސަތޭކަ ނުވަދިހަ އަށް ޑޮލަރު އަށާރަ ސެންޓް) ނަގާފައިވާކަން ތަހުގީގަށް ވަނީ ކަށަވަރު ކުރެވިފައެވެ.

މި މައްސަލައަކީ ގިނަ ބަޔަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މައްސަލައަކަށްވާއިރު، މިހާރު މި މައްސަލަ ވަނީ ޕީޖީ އޮފީހުގައި ދައުވާކުރުމުގެ މަރުހަލާގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައިކަލް ވިއްކާ ކަމަށް ބުނެ 158 މީހަކަށް ލަނޑުދިން މައްސަލާގައި ދައުވާކުރަން ފޮނުވައިފިޚަބަރު | 2 ގަޑިއިރު ކުރިންލ. ގަމު ފުލުސް އެކޮމޮޑޭޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފިޚަބަރު | 8 ގަޑިއިރު ކުރިންކާށިދޫގައި ފުލުހަކަށް ވަޅިން ޙަމަލާދީ މަރާލި މައްސަލަ ދެވަނަ ފަހަރަށް ބެލުމުންވެސް ސަމާހުގެ މައްޗަށް ކުށް ސާބިތުވެއްޖެޚަބަރު | ދުވަހެއް ކުރިންޢަބްދުއްޝަކޫރުއާއި ޙަސަން ޙަމީދުގެ ތައުޒިޔާގެ ދަފުތަރު ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިން