logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިއަރ ސާވިސް މެދުވެރިކޮށް ޑްރަގް އެތެރެކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
30 މާރިޗު 2026 - 12:35
ކުރިއަރ ސާވިސް މެދުވެރިކޮށް ޑްރަގް އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން، ފޮޓޯ: ފުލުހުންގެ ޚިދުމަތް
ކުރިއަރ ސާވިސް މެދުވެރިކޮށް ޑްރަގް އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން، ފޮޓޯ: ފުލުހުންގެ ޚިދުމަތް

ކުރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ނިބޫގެ، ޝަމްޢޫން ނަޞީރު (34އ) އާއި ގ. މާވާގެ، ޢަބްދުﷲ ޔާމީން (32އ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ކުރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި، ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.

މި މައްސަލައާ ގުޅިގެން މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ. އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެމީހުންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހާ ފެނުނީ މަރުވެފައި އޮއްވާ!ޚަބަރު | 3 ދުވަސް ކުރިންހުޅުމާލެ ފަޅުތެރެއަށް ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެޚަބަރު | 3 ދުވަސް ކުރިންހުޅުމާލޭ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހަކު ގެއްލިގެން ހޯދަނީޚަބަރު | 4 ދުވަސް ކުރިންމަހުދީގެ މަރު: ފުލުހުންގެ ހާއްސަ ތަހުގީގެއް ކުރިއަށް!ޚަބަރު | 4 ދުވަސް ކުރިން