logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

މާދަމާ ހައްދުންމަތީގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީ

ޒިދާން މުޙައްމަދު
30 މާރިޗު 2026 - 13:41
މާދަމާ ހައްދުންމަތީގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީ

މާދަމާއިން ފެށިގެން ހައްދުންމަތީގައި ނުވަތަ ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

ރާއްޖޭގެ ރަށްތަކުގައި އާރްޓީއެލް ހައިސްޕީޑް ފެރީގެ ޚިދުމަތް ދެމުންދަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މިއީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ފެށި މަޝްރޫއެކެވެ.

ރައްޔިތުންނަށް ބޭނުންތެރި މިފަދަ މަޝްރޫއުތައް ފުޅާކޮށް ކުރިއަށް ގެންދިއުމަށް އަދުގެ ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެމްޓީސީސީން ބުނީ، މި ޚިދުމަތް ލ. އަތޮޅުގައި ފަށާނީ މިކަމަށްޓަކައި މާދަމާ އެ އަތޮޅުގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައި ކަމަށެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން އެމްޓީސީސީން އިއްޔެ ވަނީ، ލ. ދަނބިދޫ އަދި މާބައިދޫގައި ޚާއްސަ ސެޝަންތަކެއް ބާޢްވާފައެވެ. މި ހިނގާ މާރިޗު މަސް ނިމުމުގެ ކުރިން ލ. އަތޮޅާއި މ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިމަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފައެވެ. އެންމެފަހުން ޚިދުމަތް ފަށާފައިވަނީ، ފ. އަދި ދ އަތޮޅުގައެެވެ.

އާރްޓީއެލް ޚިދުމަތް ކޮންމެ އަތޮޅެއްގައިވެސް ފަށަނީ، އެ އަތޮޅެއްގެ ރައްޔިތުން މި ޚިދުމަތަށް އަހުލުވެރި ކުރުމަށް އެއް ހަފުތާއަށް ހިލޭ ދަތުރު ކުރެވޭ ގޮތަށް ޚިދުމަތް ދިނުމަށް ފަހުއެވެ. އޭގެ ފަހުން އަތޮޅުގެ އެކި ރޫޓުތަކާއި އެހެން އަތޮޅުތައް ގުޅުވާލެވޭ ރޫޓުތަކުގައި ފީއެއް ނަގަން ފަށައެވެ.

މުޅި ރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ހެޔޮ އަގެއްގައި ކަނޑުމަގުން ދަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމެވެ. އެގޮތުން މިހާތަނަށް 14 އަތޮޅެއްގެ 133 ރަށެއްގައި މި ޚިދުމަތް ވަނީ ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާދަމާ ހައްދުންމަތީގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީޚަބަރު | ގަޑިއިރެއް ކުރިންބޮޑުތަކުރުފާނު މަގު: ފެނާއި ނަރުދަމާ ވިއުގަ އައު ކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 10 ގަޑިއިރު ކުރިންމަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 ދުވަސް ކުރިންސަރުކާރުން ޓެކްސީގެ ޚިދުމަތް ފެށުމަށް ފުރަތަމަ 60 ކާރު ގެނެސްފިޚަބަރު | 6 ދުވަސް ކުރިން