logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮޑުތަކުރުފާނު މަގު: ފެނާއި ނަރުދަމާ ވިއުގަ އައު ކުރުމުގެ މަސައްކަތް ފަށައިފި

އިސްމާޢިލް ރާތިޢު
30 މާރިޗު 2026 - 04:19
ބޮޑުތަކުރުފާނު މަގު: ފެނާއި ނަރުދަމާ ވިއުގަ އައު ކުރުމުގެ މަސައްކަތް ފަށައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން، އެ ސަރަޙައްދުގެ ފެނާއި ނަރުދަމާ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ މަގުގެ އަޑީގެ ނެޓްވޯކްތައް ބަދަލުކުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން މަގުގެ ފެނާއި ނަރުދަމާގެ ނެޓްވޯކްގެ ޕައިޕްލައިންތައް އައު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މަގުގެ އަޑީގެ ޔުޓިލިޓީ ނެޓްވޯކްގެ މަސައްކަތަކީ، މަގު ހެދުމުގެ އެންމެ މުހިންމު އެއް މަސައްކަތެވެ. މި މަސައްކަތްތައް ކުރިއަށްގެންދަނީ، ޔުޓިލިޓީ ކުންފުނިތަކާވެސް ގުޅިގެންނެވެ.

މަގުގެ ޕޭމަންޓް އާއި ފެން ހިންދާ ނިޒާމާ ގުޅޭ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ.

މީގެއިތުރުން، އެ ސަރަހައްދުގެ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކްއާ ހަމައަށް 90 މީޓަރު ތަރައްގީކުރާނެއެވެ. ބަނދަރުގެ ތޮށި ތިން މީޓަރަށް ބޭރަށް ޖައްސާ، ޝީޓް ޕައިލް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ތިންވަނަ ބައެއްގެ ގޮތުގައި މަސައްކަތް ކުރިއަށްދަނީ، ފޭސް އެކެއްގެ ދެވަނަ ސެގްމަންޓުން ފެށިގެން ފަސްވަނަ ސެގްމަންޓާ ހަމައަށް އޮންނަ ސަރަޙައްދުގައެވެ. އެއީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެކެވެ. މުޅި މަޝްރޫޢުގައި 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް، ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށްވަނީ އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްގީކޮށްފައެވެ. އެއީ ޖުމުލަ 380 މީޓަރުގެ ސަރަޙައްދެކެވެ. މި މަސައްކަތްތައް ކުރިއަށް ގެންދަނީ މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ނިމުނު ދެ ސެގްމަންޓްވެސް ކުރިއަށް ގެންދިޔަ ފަރުމާއަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނު މަގު އަލަށް ތަރައްގީ ކުރި ބައި މިއަދު ހުޅުވާލަނީޚަބަރު | 7 ގަޑިއިރު ކުރިންބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ނިމުމަކާއި ގާތަށްޚަބަރު | ދުވަހެއް ކުރިންމާލޭ ބޭރުމަގު: ދުރުވިސްނޭ ސިކުނޑިއަކުން ގެނެސްދޭ އިންތިހާ ފަސޭހަކަމެއްރިޕޯޓް | 7 ދުވަސް ކުރިންބޮޑުތަކުރުފާނު މަގު: ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ނިންމާލައިފިޚަބަރު | 19 ދުވަސް ކުރިން