މިއުޅެނީ ރިޔާސީ އިންތިހާބާ، ރިޔާސީ ދައުރާ ވެސް ބެހޭކަށް ނޫން: ޔާއިޝް
30 މާރިޗު 2026 - 13:50

ސިޔާސީ ހަމަޖެހުން ގާއިމުވާނީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން ކަމަށް ޕްރޮގްރެސިވް ކޯލިޝަން (ޕީއެންސީ) ގެ ޔޫތް ވިންގ މެމްބަރ މުހައްމަދު ޔާއިޝް ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވިދާޅުވީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ގައުމަށް ވަރަށްގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ. ސަބަބަކީ ގައުމަށް މިހާރުދިމާވެގެން މިއުޅޭ ޕޮލިޓިކަލް ސްޓޭބިލިޓީ ނުވަތަ ސިޔާސީ ހަަމަޖެހުން ގާއިމުވެގެންދާނީ ދެ އިންތިހާބުވެސް އެއްދުވަހެއްގައި ބާއްވާ އެކަން ވެސް ނިންމާލުމުން ކަމަށް ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation
މީގެއިތުރުން އިދިކޮޅުން އެންމެގަދައަށް ފަތުރަމުންދާ ދޮގުތަކަކީ އިންތިހާބު އެއްކޮށްލަން އުޅޭ ވާހަކަ ކަމަށާއި އެކަމަކު ދެ އިންތިހާބަކީ އެއްގޮތަކަށް ވެސް އެއްކޮށްލެވޭނެ އެއްޗެއް ނޫންކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ރިޔާސީ ދައުރު ދިގު ދަންމަން އުޅޭ ވާހަކަ ވެސް އިދިކޮޅުން ފަތުރަމުންދާތީ އެކަމަށް ވެސް ވަނީ އިޝާރާތްކުރައްވާފައެވެ.
އެގޮތުން ޕީއެންސީ އިން ނުވަތަ ވެރިކަންކުރާ ޕާޓީން ބޭނުންވަނީ ރިޔާސީ ދައުރަށް ނުވަތަ ރިޔާސީ އިންތިހާބާ ބެހެން ނޫން ކަމަށާއި ބޭނުންވަނީ ރިޔާސީ އިންތިހާބު އޮންނަ ދުވަހު، ރައްޔިތުންގެ މަޖިލިސް އިންޔިހާބު ވެސް ބާއްވަން ކަމުގައި ޔާއިޝް ވިދާޅުވިއެވެ. އެހެންކަމުން ގައުމުގެ މުސްތަގުބަލަށާއި ހަމަޖެހުމަށް ވިސްނަންޏާ، ދެ އިންތިހާބު އެއްދުވަހު ބާއްވަން 'އާއެކޭ' ބުނުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.
ޔާއިޝް މިފަދައިން ވިދާޅުވެފައިވާއިރު، ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރ އަދި ކެމްޕޭން މެނޭޖަރ އިބްރާހިމް ފަލާހު ވެސް މީގެކުރީން ވަނީ ސިޔާސީ އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށާއި ދެ އިންތިހާބު އެއްދުވަހު ބާއްވަނީ ހަރަދާއި ވަގުތު ސަލާމަތް ކުރުމަށް ކަމަށެވެ.
މާރޗު 1 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވަނީ މިއީ ސިޔާސީ ހުރިހާ ޕާޓީތަކާއި ރައްޔިތުންގެ މެދުގައި ވެސް އިއްތިފާގުވެފައިވާ މައްސަލައެއް ކަމަށާއި ގާނޫނު އަސާސީ އަށް މި އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ ވަރަށް މާތް މަގުސަދެއްގައި ކަމަށް ވިދާޅުވެފައެވެ.
ރައީސްގެ މަދުސަދަކީ ގައުމު ތަރައްގީކުރުމާ، ލާމަރުކަޒީ ނިޒާމު ތަރައްގީ ކުރުން ކަމަަށް ވެސް ފަލާހު ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގައި ހިންގޭ ވަރުގަދަ ކެމްޕޭނެއްގެ ގޮތުގައި ކުރިއަށްދާނެ ކަމަށް ޚުދު ފަލާހު ވެސް ގަބޫލު ނުކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބަށް ވުރެ ދެ އިންތިހާބު އެއްކޮަށްލުމުގެ ކެމްޕޭން މާބޮޑަށް ވެސް ވަރުގަދަވެ، ފޯރި ގަދަވެއްޖެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ވަަރަށްގިނަ ރައްޔިތުން ތާއީދުކުރާ ކަމެއްކަން ފާހަގަކޮށް ފަލާހު ވަނީ ޕީއެންސީގެ ސްޓޭންޑަކީ ރެފްރެންޓަމް އިންތިހާބުގައި 'އާއެކޭ' ކަމަށް ވިދާޅުވެފައެވެ.

.jpg&w=3840&q=75)
