logo
Bank of Maldives

Bank of Maldives

ޚަބަރު

ދަނޑިވަޅުގެ ބޭނުން ހިފާ، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ރާއްޖެ ގެންނަންޖެހޭ: ރައީސް

އިސްމާޢިލް ރާތިޢު
30 މާރިޗު 2026 - 06:40
ދަނޑިވަޅުގެ ބޭނުން ހިފާ، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ރާއްޖެ ގެންނަންޖެހޭ: ރައީސް

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެޔޮ ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގެ ބޭނުން ހިފާ، އިއާދަކުރުވަނިވި ހަކަތައިގެ މަޝްރޫއުތައް ރާއްޖެ ގެނައުން މުހިންމު ކަމަށް، ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރާ ހަމައަށް، ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33% އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުން ކަމަށާއި، މިހާރުވެސް 10% އަށް ވާސިލުވެވިފައި ވާކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި މި އަދަދު 33% އަށްވުރެވެސް މަތިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރު ކުރިމަތިވެފައިވާ ހަނގުރާމައިގެ ހާލަތަކީ މިކަން ހާސިލުކުރުމަށް ލިބިގެންދާ އިތުރު ހިތްވަރެއްކަން ފާހަގަކުރައްވާ، ރައީސް ވިދާޅުވީ އިއާދަކުރުވަނިވި ހަކަތައިގެ ދާއިރާއިން ވުނަކުރުމަށް ބޭނުންވާ ވަރަށް ގިނަ ފަރާތްތަކަކުން ރާއްޖެއަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށާއި، މިކަން ހާސިލުކުރުމަށް ކަމާބެހޭ ވުޒާރާތަކުން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި، މި ދަނޑިވަޅުގެ ބޭނުން ހިފައިގެންވެސް މި ވުނަތައް ރާއްޖެ ގެންނަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ފަޅުތަކުގައި ފްލޯޓިންގ ސޯލާ ޕެނަލްތައް ބެހެއްޓުމުގެ އިތުރުން އެއްގަމުގައިވެސް މި ނިޒާމުތައް ގާއިމުކުރެވި، ރާއްޖޭގައި އުފައްދާ ކަރަންޓަކީ އިއާދަކުރުވަނިވި ހަކަތައިގެ ވަސީލަތްތަކުން އުފައްދާ ކަރަންޓަށް ބަދަލުކުރަން ބޭނުންފުޅުވާ ކަމަށެވެ.

އިއާދަކުރުވަނިވި ހަކަތައިގެ މި މަޝްރޫއަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއެއްކަން ފާހަގަކުރެވެއެވެ. އެގޮތުން، މީގެ ކުރިން ރައީސް ޑރ. މުޢިއްޒު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ގައުމުގެ ތަރައްޤީއަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެ، އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ އިތުރުން ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، އިޤްތިޞާދީ ފުރުޞަތުތައް މީގެ ސަބަބުން އިތުރުވެގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި ހަމަ މި ޕޯސްޓުގައި، އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ތިމާވެށްޓާއި ރައްޓެހި ހަކަތައިގެ ދައުރުގެ މުހިންމުކަން ހަނދާންކޮށްދެއްވާ، ދުނިޔެ ހިމާޔަތްކުރުމަށްޓަކައި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރެވޭ މަސައްކަތް ހަރުދަނާކޮށް، އެންމެން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުޢިއްޒު، ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ބައްދަލުކުރައްވައިފިޚަބަރު | 7 ގަޑިއިރު ކުރިންވިޔަފާރިއާއި އިޤުތިޞާދު ކުރިއެރުވުމަށް އެމެރިކާ އާއެކު މަޝްވަރާކޮށްފިޚަބަރު | 15 ގަޑިއިރު ކުރިންއިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޝަކީލް އައްޔަންކުރައްވައިފިޚަބަރު | 15 ގަޑިއިރު ކުރިންރައީސް، ބައިނަލްއަޤްވާމީ އޮލިމްޕިކް ދުވަހާއި ޚިދުމަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިޚަބަރު | 2 ދުވަސް ކުރިން