logo
MPL

MPL

ޚަބަރު

އަމިއްލަ ގޮތުން ކަލައިދޫގެ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ކެންޑިޑޭޓްގެ ތާއީދު ޕީއެންސީގެ ކެންޑިޑޭޓަށް!

ޒިދާން މުޙައްމަދު
30 މާރިޗު 2026 - 19:04
އަމިއްލަ ގޮތުން ކަލައިދޫގެ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ކެންޑިޑޭޓްގެ ތާއީދު ޕީއެންސީގެ ކެންޑިޑޭޓަށް!

ކުރިއަށް އޮތް އިންތިޚާބުގައި އަމިއްލަ ގޮތުން ލ. ކަލައިދޫގެ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ކެންޑިޑޭޓްގެ ތާއީދު ޕީއެންސީގެ ކެންޑިޑޭޓަށް ދޭން ނިންމައިފިއެވެ.

އިސްދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އިސްމާޢީލް ޝަފީޢު ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ކަލައިދޫގެ ކައުންސިލް ރައީސްގެ ގޮނޑިއަށް އަމިއްލަގޮތުން ވާދަ ކުރާ ކެނޑިޑޭޓް މުހައްމަދު ޝަރީފް ރަށު ތަރައްޤީއަށް ފުރުސަތު ފަހިކޮއްދިނުމުގެ ވިސްނުން އިސްކޮށް ސަރުކާރު ކެނޑިޑޭޓުންނަށް ތަޢީދު ކޮއްދެއްވީތީ ޝުކުރާއި މަރްޙަބާ ދަންނަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ވިދާޅުވި ގޮތުގައި، ހަމަ މި ވިސްނުން އިސްކޮށް ހިނގަމުން މިދާ ދަޢުރުގެ އެމް.ޑީ.ޕީ އަށް ނިސްބަތްވެވަޑައިގަންނަވާ 2 ކައުންސިލަރުން ސާއިދު އަދި ޝިޔާމާ ޕީއެންސީގެ ޓީމާ ގުޅިގެން ދިއުމުން އެ 2 ބޭފުޅުންނަށްވެސް ހިތުގެ އިހްލާސްތެރި ޝުކުރު ދަންނަވާ ކަމަށެވެ.

3 ބޭފުޅުންނަކީވެސް ނުހަނު ބޮޑެތި ހިދުމަތްތަކެއް ރަށަށް ކޮއްދެއްވާވާފައިވާ ބޭފުޅުން ކަމަަށާއި މެންބަރ އެދިވަޑައިގަންނަވަނީ 3 ބޭފުޅުންނަށްވެސް ކުރިއެރުމާއި އުފާވެރިކަން ލިބުންކަން ވަނީ ފާހަގަކުރައްވާފައެވެ.

"ތަރައްޤީ ލިބިގެންދާއިރު އެންމެންގެ ހިއްސާ އޮތުން ވެގެންމިދަނީ ރަށައް އޮތް ލޯބި ރަމްޒު ކޮއްދޭ ނިޝާނަކަށް!" އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެލްޖީއޭ ބޯޑު އިންތިޚާބު: ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފިޚަބަރު | 19 ދުވަސް ކުރިންނިމިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުން ކުރި މަސައްކަތް ދިހަ ގުނަ އިތުރުވާނެ: ލަތީފްޚަބަރު | 23 ދުވަސް ކުރިންޓެކްސް ނިޒާމަށް ގެންނަ އިސްލާހާ ދެކޮޅަށް އިދިކޮޅުން ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް: ނަސީރުޚަބަރު | 24 ދުވަސް ކުރިންޕީއެންސީގެ ކޮންގްރެސްއާ ޗެލެންޖުކުރަން އުޅެ އެމްޑީޕީން ހޭވީ ބޮޑު ހަޑިއެއްޚަބަރު | 2 މަސް ކުރިން