logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ދުނިޔެ

ފަލަސްތީނުގެ މީހުންނަށް މަރުގެ އަދަބު ދޭން ބިލެއް ފާސްކޮށް، އިސްރާއީލުގެ ހަރުކަށި މިނިސްޓަރު ރާފުޅި ހިފައިގެން ނަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
31 މާރިޗު 2026 - 03:17
ފަލަސްތީނުގެ މީހުންނަށް މަރުގެ އަދަބު ދޭން ބިލެއް ފާސްކުރުމަށްފަހު އިސްރާއީލުގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު  ރާފުޅި ހިފައިގެން ނަށަނީ، ފޮޓޯ: އޭއެފްޕީ
ފަލަސްތީނުގެ މީހުންނަށް މަރުގެ އަދަބު ދޭން ބިލެއް ފާސްކުރުމަށްފަހު އިސްރާއީލުގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ރާފުޅި ހިފައިގެން ނަށަނީ، ފޮޓޯ: އޭއެފްޕީ

އިސްރާއީލުގެ ޕާލަމެންޓް، ކްނެސެޓުން، "ޓެރަރިޒަމް" ގެ އަމަލުތަކުގައި އިސްރާއީލު މީހުން މަރާލިކަން ސާބިތުވާކަމަށް ނިންމާ ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދިނުމަށް އަސްކަރީ ކޯޓުތަކަށް އަމުރުކުރާ ބިލެއް ފާސްކޮށްފިއެވެ.

މި ބިލު ފާސްކޮށްފައިވަނީ އިންސާފުން އެއްކިބާވެ، ފަލަސްތީނު މީހުން މަރާލިކަން ސާބިތުވާ ޔަހޫދީ އިސްރާއީލީންގެ މައްޗަށް މި އަދަބެއް ނުހިނގާ ގޮތަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހޯމަ ދުވަހު ފާސްކުރި މި ގާނޫނަށް ވޯޓަށް އެހުމުން 120 ގޮނޑީގެ ކްނެސެޓްގެ 62 މެންބަރުން ވަނީ ބިލަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ. އޭގެ ތެރޭގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނިވަޑައިގަންނަވާއިރު، 48 މެންބަރަކު ވަނީ ދެކޮޅަށް ވޯޓު ދެއްވާފައެވެ. އަދި އެކަކު ވަނީ ވަކިކޮޅަކަށް ވޯޓު ނުދީ ހުރެފައެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައެވެ.

މި ބިލު ފާސްވުމަކީ އިސްރާއީލުގެ ހަރުކަށި ކަނާތު ފިޔައިގެ ފަރާތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ވަނީ އޭނާގެ އޮޓްޒްމާ ޔެހޫދިތު (ޖޫވިޝް ޕަވަރ) ޕާޓީން ނަތަންޔާހޫއާއެކު ކޯލިޝަން ހެދުމުގެ މައިގަނޑު އެއް ޝަރުތެއްގެ ގޮތުގައި މި ގާނޫނު ތަންފީޒުކުރުމަށް ބާރުއަޅާފައެވެ. ބިލު ފާސްވުމާ ގުޅިގެން ހަރުކަށި މިނިސްޓަރު ވަނީ އުފާފާޅުކޮށް ނަށާފައެވެ.

ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ވަނީ މި ބިލު ފާސްކުރުމަށްފަހު ބައިވެރިންނާއެކު ރާފުޅިއާއި ރާތަށިތައް ހިފައިގެން އިސްރާއީލުގެ ޕާލަމެންޓްގެ ތެރޭގައި ނަށާ، އުފާފާޅުކޮށްފައެވެ.

ފަލަސްތީނިއަން އޮތޯރިޓީން މި ބިލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އެ އިދާރާއިން ބުނެފައިވަނީ މިއީ "ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ކުށެއް" ކަމަށެވެ. އަދި މިއީ ހަތަރުވަނަ ޖެނީވާ ކޮންވެންޝަނާ، ޚާއްސަކޮށް ފަރުދުންނަށް ކަށަވަރުކޮށްދޭ ރައްކާތެރިކަމާއި އިންސާފުވެރި ޝަރީއަތެއްގެ ކަށަވަރުކަމާ ޚިލާފު ކަމެއް ކަމަށްވެސް ފަލަސްތީނުން ބުނެފައިވެއެވެ.

ޣައްޒާގައި ފަލަސްތީނު މީހުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތައް ކުރިއަށްދާ ދަނޑިވަޅެއްގައި ތައާރަފުކުރި މި އާ ގާނޫނަކީ، އިސްރާއީލުގެ ރައްޔިތުންނަށް ނުވާ ހުޅަނގު އައްސޭރީގެ ފަލަސްތީނު މީހުންގެ މައްޗަށް އެކަނި ޝަރީއަތް ހިންގާ އަސްކަރީ ކޯޓުތަކުން، އިސްރާއީލު މީހުންނަށް ދޭ ނުރައްކާތެރި ހަމަލާތަކަށް މި ހަރުކަށި އަދަބު ދިނުމަށް އަމުރުކުރާ ގާނޫނެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނުގެ މީހުންނަށް މަރުގެ އަދަބު ދޭން ބިލެއް ފާސްކޮށް، އިސްރާއީލުގެ ހަރުކަށި މިނިސްޓަރު ރާފުޅި ހިފައިގެން ނަށައިފިދުނިޔެ | 2 ގަޑިއިރު ކުރިންހަނގުރާމައިން އިސްރާއީލު ބަލިވަމުންދާކަމަށް ކުރީގެ ބޮޑުވަޒީރު އެއްބަސްވެވަޑައިގެންފިދުނިޔެ | 4 ދުވަސް ކުރިން އިޒްރޭލުގެ ގަލީލީ ސުންނާފަތިވެފައިވާހަކަ ލައިވް ޓީވީގައި ރޮއިރޮއުފައި ކިޔައިދީފިދުނިޔެ | 5 ދުވަސް ކުރިން ޓްރަމްޕާއި ނަތަންޔާހޫ ޔޫރަޕްގެ އިގްތިސާދު ހަލާކުކޮށްލަނީދުނިޔެ | 5 ދުވަސް ކުރިން