logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ބީއެމްއެލް އެފޯޑަބްލް ހައުސިންގެ އިތުރު 364 ޔުނިޓުގެ ބިންގާ އަޅައިފި

މުޙައްމަދު އަފްރާޙް
31 މާރިޗު 2026 - 19:47
ބީއެމްއެލް އެފޯޑަބްލް ހައުސިންގެ އިތުރު 364 ޔުނިޓުގެ ބިންގާ އަޅައިފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ޢިމާރާތްކުރާ 364 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމާއި ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޝްރޫޢުގެ ކޮންޓްރެކްޓަރ، އަމީން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭ ފޭސް 1ގެ ސައިޓުގައި މާރޗު 31 ވީ އަންގާރަ ދުވަހުގެ ރޭ ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، 364 ހައުސިންގ ޔުނިޓް ހިމެނޭ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބާއި އަމީން ކޮންސްޓްރަކްޝަން ކޮމެޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިންނާއި ބޭންކް އޮފް މޯލްޑިވްސްގެ އިސްވެރީންނެވެ. ބިންގާ އަޅުއްވައިދެއްވި ބޭފުޅުންނާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.

"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މިރޭ ފެށި މި މަޝްރޫޢާއެކު، މި މަސައްކަތުގެ ތެރޭގައި ހިމެނިގެން ހުޅުމާލޭ ފޭސް 1، ހުޅުމާލޭ ފޭސް 2، އަދި ވިލިމާލޭގައި އަޅާ ޖުމުލަ 3260 ޔުނިޓްގެ ބިންގާ މިހާރު ވަނީ އަޅާފައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މިރޭ ވަނީ، މި މަޝްރޫޢުގެ ދަށުން އިތުރު 540 ހައުސިންގ ޔުނިޓް އެޅުމަށް ނިންމައި މިކަމަށް ބޭނުންވާ ބިން ހަމަޖެހިފައިވާކަން އިއުލާންކުރައްވާފައެވެ. މިއާއެކު ބީ.އެމް.އެލް އެފޯޑަބަލް ހޯމް ލީސިންގ އިން ޖުމުލަ 3800 ހައުސިންގ ޔުނިޓް ތަރައްޤީކުރާނެއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު ނިމުމުގެ ކުރިންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލް އެފޯޑަބްލް ހައުސިންގެ އިތުރު 364 ޔުނިޓުގެ ބިންގާ އަޅައިފިޚަބަރު | 2 ގަޑިއިރު ކުރިންބީއެމްއެލްގެ ކޯޕަރޭޓް ނިންމުމާއެކު ހިއްސާގެ ބާޒާރުގެ މާކެޓް ކެޕިޓަލައިޒޭޝަން ރެކޯޑް އަދަދަކަށް! ވިޔަފާރި | 11 ގަޑިއިރު ކުރިންމި ސަރުކާރަށް ބޯހިޔާވަހިކަމަކީ ސިޔާސީ ކަމެއް ނޫން: ޑރ. މުއްތަލިބްޚަބަރު | 15 ގަޑިއިރު ކުރިންރައީސްގެ ސްކޮލަރޝިޕްގައި ބޭނުން ދާއިރާއަކުން މިހާރު ކިޔެވޭނެޚަބަރު | 17 ގަޑިއިރު ކުރިން