logo
MPL

MPL

ކުޅިވަރު

ރޮނާލްޑޯ ނުލައި ޕޯޗުގަލުން އެމެރިކާ ފަސޭހަކަމާއެކު ބަލިކޮށްފި

އަބްދުﷲ ޣާނިމް
1 އޭޕްރީލު 2026 - 03:18
ރޮނާލްޑޯ ނުލައި ޕޯޗުގަލުން އެމެރިކާ ފަސޭހަކަމާއެކު ބަލިކޮށްފި

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ޕޯޗުގަލް އަތުން 2-0 އިން އެމެރިކާ ބަލިވެއްޖެއެވެ. މިއީ ޔޫރަޕްގެ ގައުމުތަކާ ދެކޮޅަށް ކުޅެ އެމެރިކާ ޖެހިޖެހިގެން ބަލިވި އަށްވަނަ މެޗެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

އަންގާރަ ދުވަހުގެ ރޭ މާސިޑީޒް-ބެންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު 37 ވަނަ މިނެޓުގައި ޖަހައިދިނީ ފްރެންސިސްކޯ ޓްރިންކާއޯ އެވެ. މިއީ ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ޕޯޗުގަލްގެ ދެވަނަ ލަނޑު 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔޮއާއޯ ފީލިކްސް އެވެ. ފީލިކްސް މި ލަނޑު ޖެހީ ފެނާންޑޭޒް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއްގައެވެ.

 

އެމެރިކާގެ ތަރި ކްރިސްޓިއަން ޕުލިސިކް މި މެޗުގައި ފޯވާޑަކަށް ކުޅުނު ނަމަވެސް، ލިބުނު ރަނގަޅު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ޕުލިސިކް ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ގައުމީ ޓީމަށް ކުޅުނު އަށް މެޗުގައިވެސް ލަނޑެއް ނުޖެހިފައެވެ. އަދި އޭސީ މިލާނާއެކު އޭނާ ކުޅުނު ފަހު 12 މެޗުގައިވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

 

ވޯލްޑް ކަޕް ކޯ-ހޯސްޓް ކުރާ އެމެރިކާ، ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ފަހު 10 މެޗުންވެސް މޮޅެއް ލިބިފައި ނުވާއިރު، މި ބަލިވުމުގެ ސިލްސިލާގައި އެމެރިކާ ކޮޅަށް 22 ލަނޑު ވަނީ ވަދެފައެވެ. ޕޯޗުގަލް މި މެޗަށް ނުކުތީ އަނިޔާގެ ސަބަބުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައެވެ.

 

އެމެރިކާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވޯލްޑް ކަޕް ސްކޮޑް އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 26 ވަނަ ދުވަހުއެވެ. ވޯލްޑް ކަޕްގެ ކުރިން އެމެރިކާ ދެން ކުޅޭނީ ސެނެގާލް އަދި ޖަރުމަނާ ދެކޮޅަށެވެ. ވޯލްޑް ކަޕްގައި އެމެރިކާގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 12 ގައި އޮސްޓްރޭލިއާއާ ދެކޮޅަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯއާއި ހާލަންޑްގެ ކުރިމަތިލުން ނުފެނުނުމެޗުގައި ޕޯޗުގަލްއަށް އުނދަގޫ މޮޅެއްކުޅިވަރު | މަހެއް ކުރިންސްޕެއިން އަތުން ބަލިވެ ރޮނާލްޑޯ ވޯލްޑްކަޕެއް ނުލިބި ޤައުމީ ޓީމުގެ ކެރިއަރު ނިންމާލައިފިކުޅިވަރު | 4 މަސް ކުރިންރޮނާލްޑޯއަށް ބޯޅަ ނުދޭ ކަމަށް ބުނެ ޕޯޗުގަލް ޓީމުގެ ތެރޭގައި ބޮޑު ހަނގުރާމައެއްކުޅިވަރު | 5 މަސް ކުރިންރޮނާލްޑޯ ނުލައި ޕޯޗުގަލުން އެމެރިކާ ފަސޭހަކަމާއެކު ބަލިކޮށްފިކުޅިވަރު | 7 މަސް ކުރިން