logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ވިޔަފާރި

ގައުމީ ބޭންކުން އޭޓީއެމް ވިއުގަ ފުޅާކުރުން ފާހަގަކޮށްފި

ޒިދާން މުޙައްމަދު
1 އޭޕްރީލު 2026 - 16:53
ގައުމީ ބޭންކުން އޭޓީއެމް ވިއުގަ ފުޅާކުރުން ފާހަގަކޮށްފި

ގައުމީ ބޭންކު - ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗު އަދި އޭޓީއެމް ވިއުގަ މުޅިރާއްޖެއަށް ފުޅާކުރުން ފާހަގަކޮށްފިއެވެ.

ބީއެމްއެލްގެ އައު ބްރާންޗް ނެޓްވޯކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްތައް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ، މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިރޭ ތައާރަފުކޮށް އިފްތިތާހުކުރީ ބީއެމްއެލްގެ މުޅިން އައު 6 ބްރާންޗެވެ. އެއީ، ހދ. ހަނިމާދޫއާއި، ހދ. ކުޅުދުއްފުއްޓާއި، އއ. ތޮއްޑޫއާއި، ތ. ވިލުފުށީގެ އިތުރުން ލ.ހިތަދޫއާއި، ސ. ހުޅުދޫގެ ބީއެމްއެލް ބްރާންޗެވެ.

މި ބްރާންޗްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި ހުޅުވި ބްރާންޗަކީ ވިޔަފާރިތަކަށް ޚިދުމަތް ދިނުމަށް ޚާއްސަ ކޮށްފައިވާ ބިޒްނަސް ސެންޓަރެކެވެ. އެ ބޭންކުން ބުނި ގޮތުގައި، ބުރާސްފަތި ދުވަހުން ފެށިގެން، މި ބްރާންޗްތަކުން ޚިދުމަތް ލިބޭނެއެވެ. މީގެ ކުރިންވެސް ގައުމީ ބޭންކުން އިޢުލާންކޮށްފައިވާ ގޮތަށް، މި ބްރާންޗްތައް މަސައްކަތް ކުރާނީ ކަސްޓަމަރުންނާ ގާތުން، ކަސްޓަމަރުން ތިބި ތަނަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން ބުދަ ދުވަހުގެ ރޭ އޮތް ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ހުރިހާ ކަމެއް ޑިޖިޓަލްވެގެން ދާ ޒަމާނެއްގައި، ކަސްޓަމަރުންނާ އޮންނަ ގާތްގުޅުން ދުރުވެގެން ދިއުމަކީ ބޭންކުން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއްނޫން ކަމަށެވެ. އެހެންކަމުން މި ބްރާންޗްތަކުގެ މުވައްޒަފުންނަކީ އަބަދު ބްރާންޗުތަކުގައި ތިބޭނެ މުވައްޒަފުންނަށް ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމުވައްޒަފުންގެ ރޯލަކީ ގޭގެއަށްވެސް އަދި ވިޔަފާރިތަކަށްވެސް ޒިޔާރަތް ކުރުން ކަމަށާއި ބްރާންޗް ޤާއިމްކުރާ ރަށާއި ކައިރި އެހެން ރަށްތަކަށް ދަތުރުވެސް ކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭންކުގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކުގެ މައުލޫމާތު ދިނުން. އަދި ފައިނޭންޝަލް ލިޓެރަސީ ކުރިއެރުވުމާއި، ސްކޭމްތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރު ކުރުން. ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލްވަމުން ދިޔަކަމުގައި ވިޔަސް އަޅުގަނޑުމެން މިތިބީ ކަސްޓަމަރުންނާ ވަރަށް ގާތުން ޚިދުމަތް ދިނުމަށް ތައްޔާރުވެގެން." ޝަރީފް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްތައްވެސް އިފްތިތާޙް ކޮށްފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ބީއެމްއެލްގެ 90 އޭޓީއެމްގެ ތެރޭގައި 70 ޑޮލަރު އޭޓީއެމްއާއި އިތުރަށް ބަހައްޓާ ދިވެހި ރުފިޔާގެ، 20 އޭޓީއެމް ހިމެނެއެވެ.

ޑޮލަރު އޭޓީއެމްތައް ބަހަޓާފައިވާ އަތޮޅުތައް

  • ހއ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
  • ހދ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
  • ށ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
  • ނ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
  • ރ. އަތޮޅު: 6 ޑޮލަރު އޭޓީއެމް
  • ބ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
  • ޅ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
  • ކ. އަތޮޅު: 10 ޑޮލަރު އޭޓީއެމް
  • އއ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
  • އދ. އަތޮޅު: 6 ޑޮލަރު އޭޓީއެމް
  • ވ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
  • ފ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
  • މ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
  • ދ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
  • ތ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
  • ލ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
  • ގއ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
  • ގދ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
  • ޏ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
  • ސ. އަތޮޅު: 5 ޑޮލަރު އޭޓީއެމް

މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، 2025 ވަނަ އަހަރު މުޅި އޭޓީއެމް ނެޓްވާރކަށް 17.1 ބިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. އޭޓީއެމްތައް މެދުވެރިކޮށް 8.4 މިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލްގެ އެންއޯޕީ ހުރީ ހަރުދަނާ މިންވަރެއްގައި – ބީއެމްއެލްޚަބަރު | 3 ދުވަސް ކުރިންގައުމީ ބޭންކުން އޭޓީއެމް ވިއުގަ ފުޅާކުރުން ފާހަގަކޮށްފިވިޔަފާރި | 4 ދުވަސް ކުރިންއެފޯޑަބަލް ހައުސިންގ މަޝްރޫއު ހިންގަނީ ހަމައެކަނި ރެގިއުލޭޓަރީ ޝަރުތެއް ފުރިހަމަކުރުމަށް ނޫން: ބީއެމްއެލްވިޔަފާރި | 6 ދުވަސް ކުރިންބީއެމްއެލް އެފޯޑަބަލް ހައުސިންގެ ދަށުން 1190 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފިވިޔަފާރި | 6 ދުވަސް ކުރިން