logo
Bank of Maldives

Bank of Maldives

ވިޔަފާރި

މާލީ ކުށްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ބީއެމްއެލްއާއި އިމިގްރޭޝަނާ ގުޅިގެން މުހިންމު ފިޔަވަޅެއް!

މާލީ ކުށްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ބީއެމްއެލްއާއި އިމިގްރޭޝަނާ ގުޅިގެން  މުހިންމު ފިޔަވަޅެއް!



ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް އިމިގްރޭޝަނާ އެކު ސްޓްރެޓީޖިކް ޑިޖިޓަލް ޕާޓްނަރޝިޕެއް ގާއިމުކޮށް، ކާޑު މުއާމަލާތްތަކުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރަން ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ކަސްޓަމަރުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން މުއާމަލާތެއް އޮތަރައިޒް ކުރާއިރު، ކާޑުގެ ވެރިފަރާތް އެވަގުތު ހުރީ ރާއްޖޭގައިތޯ ނުވަތަ ރާއްޖެއިން ބޭރުގައިތޯ އޮޓޮމެޓިކުން ކަށަވަރު ކުރެވޭނެ ކަމަށެވެ. އެހެންކަމުން ރާއްޖެއިން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމް ފަދަ ޗެނެލްތައް މެދުވެރިކޮށް މުއާމަލާތް ކުރެވޭނީ ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރި ނަމައެވެ. ނަމަވެސް ކާޑުގެ މައުލޫމާތު ބޭނުންކޮށްގެން ހަދާ އީކޮމާސް ޓްރާންސެކްޝަންތައް މީގެ ތެރެއިން އިސްތިސްނާ ވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ފާހަގަކުރި ގޮތުގައި މިކަން ކުރަނީ އެއްފަރާތުން އަނެއް ފަރާތަށް ކަސްޓަމަރުގެ މައުލޫމާތު ދީގެނެއް ނޫނެވެ. ކާޑުން ޓްރާންސެކްޝަނެއް ހެދެނީ އެޕްރޫވަލް ޕްރޮސެސްއެއްގެ ތެރެއިން ކަމަށް ވާއިރު، އެ ޕްރޮސެސްގެ ތެރޭގައި ކާޑުގެ ސައްހަކަމާއި ވެލިޑިޓީ އާއި ބެލެންސް ހުރިތޯ ސިސްޓަމުން ބަލައެވެ. އިމިގްރޭޝަނާ އެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަންގެ ސަބަބުން މި ޕްރޮސެސްގެ ތެރެއިން ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރިތޯ ވެސް އޮޓޮމެޓިކުން ބެލެން ފެށީ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މިއީ މާލީ ކުށްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އެޅި މުހިންމު ފިޔަވަޅެކެވެ. ކާޑުގެ ވެރިފަރާތަށް ނޭނގި ނުވަތަ އޮޅުވާލައިގެން ކާޑު ގެންގޮސްގެންނާއި ކާޑު ނަކަލުކޮށްގެން ރާއްޖެއިން ބޭރުގައި ހުއްދަ ނެތް މުއާމަލާތްތައް ހިންގާ މައްސަލަތައް ބީއެމްއެލް އިން ވަނީ ފާހަގަކޮށްފައެވެ. ބީއެމްއެލް އިން ބުނީ މި ފިޔަވަޅާ އެކު ބީއެމްއެލް ވެފައި ވަނީ ބޭންކިންގެ ސަލާމަތީ ކަންކަމުގައި މި ސަރަހައްދުގައި ކުރިއަރާފައިވާ ބޭންކަކަށް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭންކުން ގެނައި ބަދަލަކީ ބޭންކުގައި ހުރި ޑޮލަރު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ގެނައި ބަދަލެއް: ސަރުކާރުޚަބަރު | 9 ދުވަސް ކުރިންމާލީ ކުށްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ބީއެމްއެލްއާއި އިމިގްރޭޝަނާ ގުޅިގެން މުހިންމު ފިޔަވަޅެއް!ވިޔަފާރި | 11 ދުވަސް ކުރިންބޭރު ފައިސާ ހަމަހަމައަށް ފޯރުކޮށްދިނުމަށް ބީއެމްއެލުން ގިނަ ފިޔަވަޅުތަކެއްވިޔަފާރި | 14 ދުވަސް ކުރިންބީއެމްއެލް ހޯމް ކޮންސްޓްރަކްޝަން ލޯންގެ އިކުއިޓީ 5 އިންސައްތައަށް ކުޑަކޮށްފިވިޔަފާރި | މަހެއް ކުރިން