logo
Bank of Maldives

Bank of Maldives

ވިޔަފާރި

ބީއެމްއެލްއިން އެމެރިކަން އެކްސްޕްރެސް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ޒިދާން މުޙައްމަދު
1 ޖުލައި 2026 - 11:46
ބީއެމްއެލްއިން އެމެރިކަން އެކްސްޕްރެސް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު އަދި އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ގެންގުޅުއްވާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، 2026 ވަނަ އަހަރުގެ ފޯމިއުލާ 1 ސިންގަޕޫރު އެއާލައިންސް ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފިއެވެ.

ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަސް ނިމެންދެން މި ޕްރޮމޯޝަން ކުރިއަށްދާނެއެވެ. މި މުއްދަތުގެ ތެރޭގައި ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ނުވަތަ އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ވިޔަފާރިކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް، އިތުރު މީހަކާއެކު މި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގުރުއަތުން ހޮވޭ ފަރާތަށް ލިބޭ އިނާމުތަކުގެ ތެރޭގައި ހިމެނެނީ:

  • ފޯމިއުލާ 1 ސިންގަޕޯ އެއާލައިންސް އިންގަޕޯ ގްރޭންޑް ޕްރީ 2026 ގެ ތިން ދުވަހުގެ އެކްސެސްއާއެކު އެމެކްސް ސްކައި ސޫޓް 2 ޓިކެޓް
  • ނަސީބުވެރި ފަރާތާއި އިތުރު މީހެއްގެ ދެކޮޅު ޓިކެޓް
  • އިވެންޓް ކުރިއަށްދާ މުއްދަތުގައި ހޮޓެލް އެކޮމޮޑޭޝަން

މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ހާއްސަ ލައިފްސްޓައިލް މަންފާތަކާއި، އަގުހުރި ތަޖުރިބާތަކުގެ އިތުރުން މަދުން ނޫނީ ނުލިބޭނެ ފަދަ ތަފާތު ފުރުސަތުތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

 

މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު: https://bankofmaldives.com.mv/race-to-singapore-2026

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލްއިން އެމެރިކަން އެކްސްޕްރެސް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިވިޔަފާރި | 2 ގަޑިއިރު ކުރިން ބޭންކް އޮފް މޯލްޑިވްސްއިން އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފިޚަބަރު | 7 ދުވަސް ކުރިންއީދަށް ބަންދުވިޔަސް އަންނަ ބުރާސްފަތި ދުވަހު ބީއެމްއެލް ހުޅުވާނެ!ޚަބަރު | މަހެއް ކުރިންބޭންކުން ގެނައި ބަދަލަކީ ބޭންކުގައި ހުރި ޑޮލަރު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ގެނައި ބަދަލެއް: ސަރުކާރުޚަބަރު | 2 މަސް ކުރިން