logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

އީދަށް ބަންދުވިޔަސް އަންނަ ބުރާސްފަތި ދުވަހު ބީއެމްއެލް ހުޅުވާނެ!

އީދަށް ބަންދުވިޔަސް އަންނަ ބުރާސްފަތި ދުވަހު ބީއެމްއެލް ހުޅުވާނެ!

މި އަހަރުގެ އަޟްޙާ އީދުގެ ބަންދު ދުވަސްތަކުގެ ތެރެއިން، އަންނަ ބުރާސްފަތި ގައުމީ ބޭންކު (ބީއެމްއެލް) ހުޅުވުމަށް އެ ބޭންކުން ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި، 28 މޭ 2026 ވާ ބުރާސްފަތި ދުވަހު ބޭންކުގެ ބްރާންޗުތަކާއި ސަރވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނެއެވެ. އެ ދުވަހު ބޭންކުގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން މެންދުރު 2:00 އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޭންކުން ބުނީ އީދު ބަންދުގެ ތެރޭގައި ބޭންކު ހުޅުވި ނަމަވެސް، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ހޯދުމަށްޓަކައި ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް ބޭނުންކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. ބޭންކުގެ ހުރިހާ އަސާސީ ހިދުމަތްތަކެއް އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެއެވެ.

މީގެ އިތުރުން، އޭޓީއެމްތައް މެދުވެރިކޮށް ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމުގެ ހިދުމަތްވެސް ބަންދު ދުވަސްތަކުގައި މެދުނުކެނޑި ލިބޭނެއެވެ. ބޭންކުން މިގޮތަށް ހަމަޖެއްސީ އީދު ބަންދުގެ ދިގު މުއްދަތުގައި ކަސްޓަމަރުންނަށް ބޭނުންވާ މާލީ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީދަށް ބަންދުވިޔަސް އަންނަ ބުރާސްފަތި ދުވަހު ބީއެމްއެލް ހުޅުވާނެ!ޚަބަރު | 16 ދުވަސް ކުރިންބޭންކުން ގެނައި ބަދަލަކީ ބޭންކުގައި ހުރި ޑޮލަރު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ގެނައި ބަދަލެއް: ސަރުކާރުޚަބަރު | މަހެއް ކުރިންމާލީ ކުށްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ބީއެމްއެލްއާއި އިމިގްރޭޝަނާ ގުޅިގެން މުހިންމު ފިޔަވަޅެއް!ވިޔަފާރި | މަހެއް ކުރިންބޭރު ފައިސާ ހަމަހަމައަށް ފޯރުކޮށްދިނުމަށް ބީއެމްއެލުން ގިނަ ފިޔަވަޅުތަކެއްވިޔަފާރި | މަހެއް ކުރިން