ބޭންކު އޮފް މޯލްޑިވުސްއަށް 44 އަހަރު ފުރިގެން ކުރިޔަށް ގެންދިޔަ "ކާނިވާ44" މިރޭ ނިމޭނެ
14 ނޮވެމްބަރު 2026 - 14:28

ބޭންކު އޮފް މޯލްޑިވުސް އަށް 44 އަހަރުފުރިގެން ހުޅުމާލޭ ސެންޓުރ ޕާކުގަ ކުރިޔައްގެން ދިޔަ ފެސްޓިވަލް މިރޭނިމޭނެކަމަށް ބޭންކު އޮފް މޯލްޑިވުސް އިން ބުނެފިއެވެ.
މިފެސްޓިވަލް ކުރިޔަށް ދިޔައީ ހުޅުމާލެ ސެންޓްރަލް ޕާކުގައި މިމަހުގެ 11އިން 14ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00އަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ބެންކްއޮފް މޯލްޑިވްސް އިން ކުރިޔަށް ގެންދިޔަ މިފެސްޓިވަލްގައި އެކި ކަހަލަ ވިޔަފާރިތަކުން ބައިވެރިވެފައި ވާއިރު އެބޭންކުންވަނީ މި ހަތަރު ދުވަހާ ދިމާކޮށް ކާނިވަލުގެ ތެރެއިން 50 ރުފިޔާއިން މަތީގެ ސްވައިޕް ޓްރާންސެކްޝަނެއް ހަދާ ކޮންމެ ފަރާތަކަށް ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ކުރިޔަށް ގެންގޮސްފައެވެ.
އަދި ލަކީޑްރޯއިން ހޮވޭ ނަސީބުވެރި 5 ފަރާތަކަށް މެކްބުކް ނިއޯއެއް އަދި 2 ފަރާތަކަށް ބެޓެރީ ސައިކަލެއް ލިބޭނެކަމަށްއެއްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ. މި ފެސްޓިވަލަށް ޒިޔާރަތް ކުރާ ކޮންމެ ފަރާތަކަށްވެސް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
މި ފެސްޓިވަލްގައި ކުދި ވިޔަފާރިތަކަށް އިތުރަށް ސަަޕޯޓް ދިނުމުގެ ގޮތުން އެ ވިޔަފާރިތަކުން ބަހައްޓާ ސްޓޯލްތައްވެސް ވަނީ ބަހައްޓާފައެވެ. އަދި މި ފެސްޓިވަލްގައި ކުޑަކުދިންގެ އެކިކަހަލަ ކުޅިވަރުތައްވެސް ފީއަކާ ނުލާ ބައިވެރި ވެވޭގޮތަށް ބަހައްޓާފައިވެއެވެ.
ބިއެމްއެލްއިންބުނީ އެބޭންކަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މާލެ ސަރަހައްދުގައި މިފަދަ ކާނިވާއެއް މީގެކުރިން ބާއްވާފަވާކަމަށާއި އައްޑޫގައިވެސް މި ކާނިވާތަކަށް އާއްމު ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކޮށްލެވިއެވެ.

-01.jpg&w=3840&q=75)
