logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭންކް އޮފް މޯލްޑިވްސްއިން އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފި

ޒިދާން މުޙައްމަދު
24 ޖޫން 2026 - 11:14
 ބޭންކް އޮފް މޯލްޑިވްސްއިން އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ހިންގަމުންދާ ޕްރޮގްރާމުގެ ދަށުން، އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފިއެވެ.

2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 105 އަށްވުރެ ގިނަ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް 360 އަށްވުރެ ގިނަ ވީލްޗެއާ ވަނީ ފޯރުކޮށްދެވިފައެވެ. ބޭންކުން މިފަހަރުވެސް ވަނީ އެކި ފަރާތްތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށް، މި ޕްރޮގްރާމް އިތުރަށް ފުޅާކޮށްފައެވެ. މިގޮތުން، އަމިއްލައަށް ދުއްވޭ މޮޓޮރައިޒްޑް ވީލްޗެއާގެ އިތުރުން، ބީއެމްއެލް އިން ވަނީ ހާއްސަ 'މެނުއަލް' ވީލްޗެއާތަކެއްވެސް ހަދިޔާކޮށްފައެވެ. ވީލްޗެއާތަކަކީ އަމިއްލައަށް ހިނގާބިނގާވެ އުޅުމުގައި އާއިލާގެ ނުވަތަ އެހީތެރިންގެ އެހީތެރިކަން ބޭނުންވާ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ވީލްޗެއާތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމަކީ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުގެ ދުޅަހެޔޮކަމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ. މީގެ މައިގަނޑު މަގުސަދަކީ މި އެހީ ލިބޭ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް "ބީއެމްއެލް ސްޕްލިޓްޕޭ" ތައާރަފްކޮށްފިވިޔަފާރި | 15 ދުވަސް ކުރިންބީއެމްއެލްއިން އެމެރިކަން އެކްސްޕްރެސް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިވިޔަފާރި | 16 ދުވަސް ކުރިން ބޭންކް އޮފް މޯލްޑިވްސްއިން އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފިޚަބަރު | 23 ދުވަސް ކުރިންއީދަށް ބަންދުވިޔަސް އަންނަ ބުރާސްފަތި ދުވަހު ބީއެމްއެލް ހުޅުވާނެ!ޚަބަރު | 2 މަސް ކުރިން