logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފަށައިފި

އިސްމާޢިލް ރާތިޢު
2 އޭޕްރީލު 2026 - 18:02
މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

HE6u4vNa4AAw_mg.jpg

Ad by Hajj Corporation

Ad by Hajj Corporation



މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެވުނު މަސައްކަތެކެވެ.

މާލޭގައި ޓެކްސީ ހޯދުމަކީ ޒަމާނުއްސުރެ އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ. ޓެކްސީތަކުގައި ތަންތަނަށް ދަތުރުކުރުމަށް އާންމު ފަރާތްތަކުން އަންނަނީ ބޮޑު ތަކުލީފުތައް އުފުލަމުންނެވެ.

އާންމު ރައްޔިތުންގެ މި ކަންބޮޑުވުމަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ތަޢާރްފަކުރާ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމުގެ މައިގަނޑު މަޤްސަދަކީ، ރައްޔިތުންނަށް ކުރިޔަށްވުރެ ބޮޑަށް ޓެކްސީ ހޯދަން ފަސޭހަކޮށްދީ، ޓެކްސީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުން ކަމަށް ޓެކްސީ ލައިން އޮޕަރޭޓްކުރާ ކުންފުނި، އެމްޓީސީސީން ބުނެއެވެ.

ޓެކްސީ ލައިންގެ ޚިދުމަތް މިހާރު ރަސްމީކޮށް ފަށާފައިވާއިރު، މި ޚިދުމަތަށް ބޭނުންކުރާނީ %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި ތިން ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ.

މި ޚިދުމަތް ދިނުމަށް ތިމާވެއްޓާއި ރައްޓެހި 150 އިލެކްޓްރިކް ކާރު ވަނީ މާލެ ގެނެސްފައެވެ. މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ދިނުމަށް ގެެނެސްފައިވަނީ، ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެވެ. ކާރުތައް ގެނައުމުގައި މާލޭގެ މަގުތަކުގައި ދުއްވަން ފަސޭހަ މޮޑެލްއެއް ގެނައުމަށް ވަރަށް ބޮޑަށް ބަލާފައި ވާނެކަމަށް އެމްޓީސީސީން ބުނެއެވެ.

undefined

 

ޓެކްސީލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް އެމްޓީސީސީން، ވޯކް އިން އިންޓަވިއުތަކެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ.

ޓެކްސީލައިންގެ ޚިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.

ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތާއެކު، މުޅި ޚިދުމަތަށް ހެޔޮ ބަދަލެއް ފެންނާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ. ޓެކްސީލައިންގެ ޚިދުމަތް 24 ގަޑިއިރު ދިނުމަށް ހަމަޖެހިފައިވެއެވެ.

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ޓެކްސީ ލައިންގައި ޚިދުމަތްދިނުމަށް ބޭނުންކުރާ ކާރުތައް ބައްލަވާލައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިން ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ފަށާނެ: ވަޒީރު ޚަބަރު | އަހަރެއް ކުރިންޑްރައިވަރުންނަށް ގޯސްވީ ފުލުހުން، ބުނީ ހުޅުމާލޭގެ ޓްރެފިކް ބޮޑުވީ ފުލުހުން އަމަލުކުރި ގޮތުން ކަމަށްޚަބަރު | އަހަރެއް ކުރިންޓްރެފިކަށް ހުރަސް އެޅި އިތުރު ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފިޚަބަރު | އަހަރެއް ކުރިން