logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ފަށާނެ: ވަޒީރު

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
11 އޭޕްރީލު 2025 - 13:27
ވެލާނާ ބައިނަލްއަގުވާމީ އެއާޕޯޓުގައި ޓެކްސީތައް ކިޔޫގައި -- ފޮޓޯ/މިހާރު
ވެލާނާ ބައިނަލްއަގުވާމީ އެއާޕޯޓުގައި ޓެކްސީތައް ކިޔޫގައި -- ފޮޓޯ/މިހާރު

ސަރުކާރުން މާލެ ސަރަހައްދުގައި ގާއިމްކުރާ "ޓެކްސީ ލައިން" ގެ ހިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ޓެކްސީ ލައިނުގެ ޚިދުމަތް ފެށުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް ކުރަނީ 24 ގަޑިއިރު ދޭ ގޮތަށް ކަމަށެވެ. އަދި އެ ލައިނުގައި ވެސް ބޭނުންކުރަނީ ޓެކްސީ އެޕެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެ ލައިނުގައި ބޭނުންކުރާ ޓެކްސީތައް ހޯދުމަށް މިހާރު ބަޔަކާ ހަވާލުކޮށްފައިވާކަން ފާހަގަކުރަވަމުން ވަޒީރު ވިދާޅުވީ، އެ ވެހިކަލްތައް ޗާޖުކުރުމައި މެއިންޓެއިންކުރުމުގެ މަސައްކަތް ވެސް ކުރާނީ އެ ކުންފުނިން ކަމަށެވެ. މި ޚިދުމަތުގައި ބޭނުންކުރުމަށް ސަރުކާރުން ނިންމާފައިވަނީ  ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލްތައް މެދުވެރިކޮށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ މި ޚިދުމަތަށް ނެރޭނީ 100 ވެހިކަލެވެ. އަދި އޭގެ ސަބަބުން ޓެކްސީތައް ނުލިބުމުގައި އާންމުންނަށް ލިބެމުންދާ ދަތިތަކަށް ޙައްލު ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހިދުމަތް ދޭން ފަށާނެ އެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އާއި ތިލަފުއްޓަށް ހިދުމަތް ތައާރަފްކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ރަސްމާލެ އާއި ގިރާވަރާއި އައްޑު އާއި ފުވައްމުލަކުގައި ފަށާނެ އެވެ. ހދ. ކުޅުދުއްފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު ތައާރަފްކުރަން ވަނީ ރާވައިފަ އެވެ

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިންވަރަށް އަވަހަށް މާލެ ސަރަޙައްދުގައި 7 ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފަށާނެ: ވަޒީރު އަމީންޚަބަރު | 5 ދުވަސް ކުރިންއޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް މިއަދުން ފެށިގެން ކުރެވޭނެޚަބަރު | 15 ދުވަސް ކުރިންތިމާވެއްޓާ ރައްޓެހި އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ވަކި ކުލަޔަކުން ފާހަގަކުރަނީޚަބަރު | 21 ދުވަސް ކުރިން