logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

މެޑްރިޑްއަށް އޮތް ލޯބި ހާމަކުރުމާއެކު ޗެލްސީގެ ވައިސްކެޕްޓަން ސަސްޕެންޑްކޮށްފި

އަބްދުﷲ ޣާނިމް
3 އޭޕްރީލު 2026 - 13:17
މެޑްރިޑްއަށް އޮތް ލޯބި ހާމަކުރުމާއެކު ޗެލްސީގެ ވައިސްކެޕްޓަން ސަސްޕެންޑްކޮށްފި

ޗެލްސީގެ ވައިސް ކެޕްޓަން އެންޒޯ ފެނާންޑޭޒް ރެއާލް މެޑްރިޑްއަތް އޮ ލޯބި ހާމަކޮށް ދެއްކި ވާހަކަތަކަކާ ގުޅިގެން ކްލަބުން އޭނާ ސަސްޕެންޑްކޮށްފި ކަމަށް އެ ޓީމުގެ ކޯޗު ލިއަމް ރޯސެނިއޯ އިއުލާންކޮށްފިއެވެ. މި ސަސްޕެންޝަނާ ގުޅިގެން ކުރިއަށް އޮތް މެންޗެސްޓަރ ސިޓީ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

ސްޓެމްފޯޑް ބްރިޖްގެ އެތެރެއާއި ބޭރުގައި ބޮޑު ބަހުސެއް އުފެދިފައިވާ މި މައްސަލައިގައި ކޯޗު ރޯސެނިއޯ ބުނީ، އެންޒޯ ސަސްޕެންޑް ކުރަން ނިންމީ ކްލަބުގެ ސަގާފަތާއި އުސޫލުތަކާ ހިލާފުވުމުން ކަމަށެވެ. "ފުޓްބޯޅަ ކްލަބެއްގެ ގޮތުން، އަދި އަހަރެންވެސް ހިމެނޭ ގޮތަށް ނިންމި ނިންމުމަކީ އޭނާ (އެންޒޯ) ކުރިއަށް އޮތް މެޗުތަކުގައި ބައިވެރިނުކުރުން،" ރޯސެނިއޯ ވިދާޅުވިއެވެ. އަދި އޭނާ ބުނީ މިއީ ކްލަބުން ބިނާކުރަން ބޭނުންވާ ސަގާފަތުގެ ރަތް ރޮނގު ހުރަސްކުރުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނިންމުމަކީ ޒާތީ ކަމެއް ނޫންކަން ފާހަގަކުރަމުން ކޯޗު ބުނީ، އެންޒޯގެ ކެރެކްޓަރާއި ކުޅުންތެރިއެއްގެ ގޮތުން އޭނާއަށް ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށެވެ. ނަމަވެސް ކްލަބުގެ ހައިރާކީ އާއި ކުޅުންތެރިން ގުޅިގެން މި ނިންމުން ނިންމީ ޓީމުގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް އޭނާ ބުންޏެވެ. "އެންޒޯއަށް ދޮރުތަކެއް ބަންދެއް ނުވޭ. މިއީ އަދަބެއް. ކްލަބުގެ ސަގާފަތް ހިމާޔަތްކުރަން ޖެހޭނެ،" ރޯސެނިއޯ އިތުރަށް ވިދާޅުވިއެވެ.

އެންޒޯ ފެނާންޑޭޒްއަށް މި ފިޔަވަޅު އެޅީ ޗެމްޕިއަންސް ލީގުން ކެޓުމާ ގުޅިގެން ޓީމުގެ ޓެކްޓިކްސް ދަށްކަމަށް ބުނެ ފާޑުކިޔުމާއި، ރެއާލް މެޑްރިޑަށް ބަދަލުވެދާނެ ކަމުގެ އިޝާރާތެއް ދީފައިވާ ދަނޑިވަޅެއްގައެވެ. މި ހަމަނުޖެހުންތައް ކުރިމަތިވީ ޗެލްސީ ތާވަލުގެ ހަވަނައަށް ވެއްޓި، ކްލަބުގެ ހަމަޖެހުން ގެއްލިފައިވާ ދަނޑިވަޅެއްގައި ކަމުން، މިއީ ކްލަބަށާއި ކުޅުންތެރިޔާއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެޑްރިޑްއަށް އޮތް ލޯބި ހާމަކުރުމާއެކު ޗެލްސީގެ ވައިސްކެޕްޓަން ސަސްޕެންޑްކޮށްފިކުޅިވަރު | 2 ގަޑިއިރު ކުރިންއިނދަޖެހިދާނެކަމުގެ ބިރުހީވެފައިވާ ޗެލްސީގެ އެންމެ މުހިންމު ކުޅުންތެރިޔާ މެޑްޜިޑްއާއި ފްލާރޓް ކުރަނީ، ކުޅުންތެރިން ރަތަށްކުޅިވަރު | 9 ގަޑިއިރު ކުރިންޖެހިޖެހިގެން 4 މެޗުން ޗެލްސީ ބަލިވެ ލީގުގެ ގަދަ ހަތަރެއްގެ ދަތުރަށް އިތުރު ހުރަސްތަކެއްކުޅިވަރު | 12 ދުވަސް ކުރިންޔޫރަޕުގެ ޗެންޕިއަން ޕީއެސްޖީއިން ވޯލްޑް ޗެންޕިއަން ޗެސްލީ ހުތުރު ގޮތަކަށް ޔޫރަޕުން ބޭރުކޮށްލައިފިކުޅިވަރު | 16 ދުވަސް ކުރިން