logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުމާއި ހިފުން ފަދަ ކަންކަމުން ދުރުހެލިވުމަށް ގޮވާލަން: އީސީ

އައިޝަތު ނަޝާ
3 އޭޕްރީލު 2026 - 16:50
 ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުމާއި ހިފުން ފަދަ ކަންކަމުން ދުރުހެލިވުމަށް ގޮވާލަން: އީސީ

އިންތިހާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، ކެމްޕޭނު ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި، ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުމާއި ހިފުން ފަދަ ކަންކަމުން ދުރުހެލިވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ގޮވާލައިފިއެވެ.

އޭސީސީން މިކަން ހާމަކޮށްފައިވަނީ، މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީސީން ނެރުނު ބަޔާނުގައި ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިންތިހާބާއި ގުޅިގެން، އިންތިހާބީ ހައްޤު އަދާކުރުމުގައި ނަޒާހަތްތެރިކަން އިސްކުރުމަށް އެދިފައެވެ.

އަދި ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަކީ ޖިނާއީ މައްސަލަތަކެއް ކަމުން އެމައްސަލަތައް ތަހުގީގުކުރުމުގައި އެ ކޮމިޝަނުން ތަބާވަނީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުން އެކަށައަޅާފައިވާ މިންގަނޑުތަކަށް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އަދި ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް ފަރާތަކަށް ރިޝްވަތު ހުށަނޭޅުމަށާއި، ވޯޓު ދިނުމުގެ ޤާނޫނީ ހައްޤު ހެޔޮ ގޮތުގައި ބޭނުންކޮށް ވޯޓުދިނުމުގެ ޒިންމާ އަދާކުރުމުގައި އެއްވެސް ފަރާތަކުން ހުށައަޅާ ރިޝްވަތެއްގައި ނުހިފުމަށް ވެސް އޭސީސީގެ އެބަޔާނުގައި އެދިފައިވެއެވެ. އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ ހައްޤުގެ ބޭނުން ފުރިހަމައަށް ހިފުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯޓުލުމުގެ ހުރިހާކަމެއްވެސް ހިނގާނީ އިންސާފުން: އީސީޚަބަރު | ގަޑިއިރެއް ކުރިންއާދިއްތަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް ކެމްޕޭންކުރުމަކީ މަނާކަމެއް: އީސީޚަބަރު | ގަޑިއިރެއް ކުރިން ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުމާއި ހިފުން ފަދަ ކަންކަމުން ދުރުހެލިވުމަށް ގޮވާލަން: އީސީޚަބަރު | 2 ގަޑިއިރު ކުރިންބޮޑު ދުވަހެއް؛ މާދަމާ ހެނދުނު 8 ޖަހާއިރު ތިން އިންތިޚާބުގެ ވޯޓުލުން ފެށޭނެ!ޚަބަރު | 6 ގަޑިއިރު ކުރިން