logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ވޯޓުލުމުގެ ހުރިހާކަމެއްވެސް ހިނގާނީ އިންސާފުން: އީސީ

ޒިދާން މުޙައްމަދު
3 އޭޕްރީލު 2026 - 17:37
ފޭދޫގައި ބަހައްޓާފައިވާ ވޯޓުފޮއްޓެއް ގުނުމުގެ މަސައްކަތް އީސީގެ އޮފިޝަލުން ފަށަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފޭދޫގައި ބަހައްޓާފައިވާ ވޯޓުފޮއްޓެއް ގުނުމުގެ މަސައްކަތް އީސީގެ އޮފިޝަލުން ފަށަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026ގެ ވޯޓުލުމުގެ ހުރިހާކަމެއްވެސް ހިނގާނީ، މިނިވަންކަމާ އިންޞާފުވެރިކަމާއެކުކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އިންތިޚާބުގައި ދެލައްކަ ނުވަދިހަ ހާހަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހުރިހާ ތައްޔާރީތަކެއް ވެފައެވެ.

ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، އިންތިޚާބުތަކުގެ ވޯޓުލުމުގެ ހުރިހާކަމެއްވެސް ކުރިއަށްދަނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ނުރަނގަޅު އެންމެހާ ނުފޫޒަށް ލެނބުމެއް ނެތިކަން ކަށަވަރުކުރުމަށް ކޮމިޝަނުންކުރަންޖެހޭ ހުރިހާކަމެއްވެސް ކޮށްފައިވާކަމަށެވެ. އެކަމުގައި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، ސިޔާސީ ޕާޓީތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން އަދި ރައްޔިތުންގެ ފަރާތުން މިހާތަނަށް ލިބިފައިވާ އެއްބާރުލުން ކޮމިޝަނުގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، 225 ދާއިރާއިން، 678 މަޤާމަށް 1,368 ކެންޑިޑޭޓުން، އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 225 ދާއިރާއިން 678 މަޤާމަށް 1,593 ކެންޑިޑޭޓުންވަނީ ކުރިމަތިލާފައެވެ. މި އިންތިޚާބުތަކުގައި ޖުމުލަ 294,876 ރައްޔިތުންނަށް ވޯޓުދިނުމުގެ ޙައްޤުވަނީ ލިބިފައެވެ. މި ފަރާތްތަކަށް ވޯޓުލުމުގެ އިންތިޒާމުތައް ފަސޭހަކަމާއެކު ހަމަޖެއްސުމަށްޓަކާ، ޖުމުލަ 588 ވޯޓުލާ މަރުކަޒު މުޅި ރާއްޖޭގައި ވަނީ ޤާއިމުކޮށްފައެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، މިއިންތިޚާބު އޮބްޒަރވްކުރުމަށް، ލޯކަލް އޮބްޒާވަރުންގެ ގޮތުގައި 1,626 ފަރާތަކާ، ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ ގޮތުގައި 38 ފަރާތެއް ހަރަކާތްތެރިވާނެކަމަށެވެ. އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 4,021 ފަރާތަކާއި އިންތިޚާބުގެ ކަންކަން މޮނީޓަރ ކުރުމަށް، 3,275 ފަރާތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލާ ދުވަހު ހަރަކާތްތެރިވާނެކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯޓުލުމުގެ ހުރިހާކަމެއްވެސް ހިނގާނީ އިންސާފުން: އީސީޚަބަރު | ގަޑިއިރެއް ކުރިންއާދިއްތަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް ކެމްޕޭންކުރުމަކީ މަނާކަމެއް: އީސީޚަބަރު | 2 ގަޑިއިރު ކުރިން ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުމާއި ހިފުން ފަދަ ކަންކަމުން ދުރުހެލިވުމަށް ގޮވާލަން: އީސީޚަބަރު | 2 ގަޑިއިރު ކުރިންބޮޑު ދުވަހެއް؛ މާދަމާ ހެނދުނު 8 ޖަހާއިރު ތިން އިންތިޚާބުގެ ވޯޓުލުން ފެށޭނެ!ޚަބަރު | 6 ގަޑިއިރު ކުރިން