logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ރަށު ލީޑަރުން ހޮވުމަށާއި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓުލުން ފަށައިފި

ޒިދާން މުޙައްމަދު
4 އޭޕްރީލު 2026 - 01:32
ނ. މަނަދޫގައި ވޯޓުލުން -- ފޮޓޯ: ވާދޫ ލައިވް
ނ. މަނަދޫގައި ވޯޓުލުން -- ފޮޓޯ: ވާދޫ ލައިވް

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026ގެ ވޯޓުލުން ފަށައިފިއެވެ.

މިއަދު ހަވީރު 4:00ގެ ނިޔަލަށް ކުރިއަށްދާ 3 އިންތިޚާބުގައިވެސް ރައްޔިތުންނަށް ފެންނަގޮތް ހާމަކުރުމަށް، ވޯޓުލުމުގެ ޙައްގު ލިބިފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ނުކުންނާނެކަމަށް އުއްމީދުކުރައްވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވަނީ ވިދާޅުވެފައެވެ.

މި އިންތިޚާބުގައި ވޯތުލުމުގެ ޙައްގު ލިބިފައިވާ ދެލައްކަ ދުވަދިހާ ހާހަށްވުރެ ގިނަ މީހުން ތިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އިންތިޚާބުތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ޤައުމުގެ މުހިއްމު 3 ނިންމުމެއް ނިންމުމަށް ހޮނިހިރު ދުވަހު ނަގާ ވޯޓުތަކަކީ މުހިއްމު ވޯޓުތަކެއްކަމަށެވެ.

އެގޮތުން ދައުލަތުގެ ހިންގުމުގެ ނިޒާމުތަކަށާއި އިންތިޒާމުތަކަށް ގެނެވޭ ބަދަލުތަކަކާއި، ރައްޔިތުންނާ ގުޅުންހުރި މުހިއްމު މަޤާމުތަކަށް މީހުން ޚިޔާރުކުރުމަށް ނަގާ ވޯޓުތަކެއްކަމުން އެއީ ރައްޔިތުންގެ ބަސް ކޮންމެހެން އިއްވަންޖެހޭ ނިންމުންތަކެއްކަމަށެވެ. އެހެންކަމުން ހޮނިހިރު ދުވަހު ނަގާ ވޯޓަކީ ވޯޓުލުމުގެ ޙައްގު ލިބިފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ނިކުމެ ރައްޔިތުންގެ ގޮތް ނިންމާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުއްމީދު މިކުރަނީ މީގެތެރެއިން ބޮޑު ޕަސެންޓެއް ނިކުމެ ރައްޔިތުން ނިންމުމަށް، ގޮތް ނިންމުމުގައި، ދައުލަތް ހިނގުމުގައި، އެންމެ އިސްކޮށް ތިބޭ ފަރާތްތަކާއި ދައުލަތުގެ އެކިއެކި ނިޒާމުތަކާއި އިންތިޒާމުތަކަށް ގެނެވޭ ބަދަލުތަކަށް، ރައްޔިތުން ރުހޭގޮތް، ރައްޔިތުންނަށް ފެންނަ ގޮތް ބުނެދިނުމަށް ވީހާވެސް ގިނަ ބަޔަކު ނުކުމެ ވޯޓު ލައްވާނެކަމަށް." ޒާހިދު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދުގެ ވޯޓުލުން ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ވަނީ ވީހާވެސް އަވަހަށް ވޯޓުލާން ދިޔުމަށް އާންމުނަށް އިލްތިމާސްކޮށްފައެވެ. އަދި އިންތިޚާބުގެ ކަންކަން ދެފުށްފެންނަ އިންސާފުވެރި އަމާންމާހައުލެއްގައި ކުރިއަށްދާކަން ކަށަވަރުކުރުމަށް 8000 އަށްވުރެ އޮބްޒާވަރުންނާއި މޮނީޓަރުންގެ ގޮތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ހަރަކާތްތެރިވަމުންދާނެއެވެ.

ވޯޓު ދިނުމާއި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ހައްޤަކީ، ޤާނޫނުއަސާސީގެ 26ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ކަށަވަރު ކޮށްދީފައިވާ ޙައްޤެކެވެ. ރާއްޖޭގައި 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށްވެސް ވޯޓުލުމުގެ ޙައްގު ކަށަވަރު ކޮށްފައިވަނީ، ޤައުމީ ފެންވަރުގައްޔާއި، ރަށު ފެންވަރުގައި އެ ރައްޔިތުން ތަމްސީލް ކުރައްވާނެ ފަރާތްތައް ހޮވުމުގެ ފުރިހަމަ ބާރު ރައްޔިތުންނަށް ދިނުމަށެވެ. ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރަށު ކައުންސިލަރުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން ހޮވުމުގެ ފުރިހަމަ ޒިންމާ އޮތީ، އެ ރައްޔިތުންގެ އަތްމަތީގައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަކީ، ރާއްޖޭގައި އެއް އިންތިޚާބެއްގައި އެންމެ ގިނަ އަދަދަކަށް ރައްޔިތުންގެ މަންދޫބުން ހޮވާ އިންތިޚާބެވެ. 
ވޯޓުލާ ވަގުތު ދިމާވެދާނެ މައްސަލަތައް ވީއެންމެ އަވަހަކަށް ހައްލުކޮށް ވޯޓުލުން މެދުނުކެނޑި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް 119 ކޯޑިނޭޝަން ސެންޓަރުން އެވަގުތު މަސައްކަތްކުރާނެކަމަށް ކޮމިޝަނުން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތާރީޚީ ދުވަހެއް: ތިން އިންތިޚާބެއް އެއް ވަގުތެއްގައި ފެށިގެން ކުރިއަށް!ޚަބަރު | 16 މިނިޓު ކުރިންރަށު ލީޑަރުން ހޮވުމަށާއި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓުލުން ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިންވޯޓުލުމުގެ ހުރިހާކަމެއްވެސް ހިނގާނީ އިންސާފުން: އީސީޚަބަރު | 11 ގަޑިއިރު ކުރިންއާދިއްތަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް ކެމްޕޭންކުރުމަކީ މަނާކަމެއް: އީސީޚަބަރު | 11 ގަޑިއިރު ކުރިން