logo
Bank of Maldives

Bank of Maldives

ޚަބަރު

ތާރީޚީ ދުވަހެއް: ތިން އިންތިޚާބެއް އެއް ވަގުތެއްގައި ފެށިގެން ކުރިއަށް!

އިސްމާޢިލް ރާތިޢު
4 އޭޕްރީލު 2026 - 04:11
ތާރީޚީ ދުވަހެއް: ތިން އިންތިޚާބެއް އެއް ވަގުތެއްގައި ފެށިގެން ކުރިއަށް!

މިއަދު ކުރިއަށްދާ ‎ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަ ދެއެވެ.

މިހާތަނަށް ޖުމްލަ 588 ފޮށީގެ ތެރެއިން 560 ފޮށީގެ ވޯޓުލުން ވަނީ ފެށިފައެވެ. މި އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަން ބޭނުންވާ އަދަދަށް މީހުން ރެޖިސްޓަރ ކޮށްފައި ނުވާތީ، ރާއްޖެއިން ބޭރުގައި ވޯޓުލުން ކުރިއަށް ނުދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު ހަވީރު 4:00ގެ ނިޔަލަށް ކުރިއަށްދާ ތިން އިންތިޚާބުގައިވެސް ރައްޔިތުންނަށް ފެންނަގޮތް ހާމަކުރުމަށް، ވޯޓުލުމުގެ ޙައްގު ލިބިފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ނުކުންނާނެކަމަށް އުއްމީދުކުރައްވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވަނީ ވިދާޅުވެފައެވެ.

މި އިންތިޚާބުގައި ވޯތުލުމުގެ ޙައްގު ލިބިފައިވާ ދެލައްކަ ދުވަދިހާ ހާހަށްވުރެ ގިނަ މީހުން ތިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އިންތިޚާބުތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ޤައުމުގެ މުހިއްމު 3 ނިންމުމެއް ނިންމުމަށް ހޮނިހިރު ދުވަހު ނަގާ ވޯޓުތަކަކީ މުހިއްމު ވޯޓުތަކެއްކަމަށެވެ.

އެގޮތުން ދައުލަތުގެ ހިންގުމުގެ ނިޒާމުތަކަށާއި އިންތިޒާމުތަކަށް ގެނެވޭ ބަދަލުތަކަކާއި، ރައްޔިތުންނާ ގުޅުންހުރި މުހިއްމު މަޤާމުތަކަށް މީހުން ޚިޔާރުކުރުމަށް ނަގާ ވޯޓުތަކެއްކަމުން އެއީ ރައްޔިތުންގެ ބަސް ކޮންމެހެން އިއްވަންޖެހޭ ނިންމުންތަކެއްކަމަށެވެ. އެހެންކަމުން ހޮނިހިރު ދުވަހު ނަގާ ވޯޓަކީ ވޯޓުލުމުގެ ޙައްގު ލިބިފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ނިކުމެ ރައްޔިތުންގެ ގޮތް ނިންމާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޭވަށު ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށްޚަބަރު | 12 ދުވަސް ކުރިން ޑޮކިއުމެންޓްރީއާ ގުޅޭ ކޯޓު އަމުރާ އެއްގޮތަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް އީސީން އަންގައިފިޚަބަރު | 15 ދުވަސް ކުރިންސިޔާސީ ޕާޓީއަކަށްވުމީ އަނެކުންގެ ހައްގާއި ކަރާމަތަށް އަރައިގަންނަންލިބޭ ލައިސަންސެއްނޫންރިޕޯޓް | 18 ދުވަސް ކުރިންބައި އިލެކްޝަންގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިއުލާނުކޮށް، މޮނިޓަރުންނާއި އޮބްޒާވަރުންނަށް ފުރުސަތު ހުޅުވާލައިފިޚަބަރު | 18 ދުވަސް ކުރިން