logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އެމްޑީޕީއަށް ބައިތުހިފި އީސައަށް ހުރާ ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެ، ޕީއެންސީގެ ކާމިޔާބީ ދަމަހައްޓައިދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
6 އޭޕްރީލު 2026 - 11:50
މިދިޔަ ރިޔާސީ އިންތިޚާބުގައި އީސަ އެމްޑީޕީގެ ކެމްޕޭނުގައި، އޭނާގެ ޑިޒިޝަނަށް ހުރާއިން ނޫނެކޭ ބުނެ 15 އަހަރުގެ ސިޔާސީ ބާރުވެރިކަން ވަނީ ނިމުމަކަށް ގެނެސްފައި
މިދިޔަ ރިޔާސީ އިންތިޚާބުގައި އީސަ އެމްޑީޕީގެ ކެމްޕޭނުގައި، އޭނާގެ ޑިޒިޝަނަށް ހުރާއިން ނޫނެކޭ ބުނެ 15 އަހަރުގެ ސިޔާސީ ބާރުވެރިކަން ވަނީ ނިމުމަކަށް ގެނެސްފައި

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކ.ހުރާ ކައުންސިލްގެ ރައީސްގެ މަގާމު، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރެއްވި އިހުސާނު ޖަމީލު ކާމިޔާބު ކުރައްވައިފި އެވެ.

މިއީ ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި އެ ރަށުގެ ކައުންސިލްގެ ނައިބުރައީސްކަމާއި،ރައީސް ކަންކުރި އީސާ އަޙުމަދަށް ނޫނެކޭ ބުނެ ބޮޑުތަފާތަކުން ބަލިކުރި ފުރަތަމަފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުރާގެ ސިޔާސީ ތާރީޚަށް ބަލާއިރު، ވޭތުވެދިޔަ 15 ވަރަކަށް އަހަރު އެ ރަށުގެ ކައުންސިލް ނައިބު ރައީސް ކަމާއި ރައީސްކަމުގެ ގޮނޑި ފުރަމުން ގެންދިޔައީ ( ފުރަތަމަ ދައުރު ނައިބުރައީސް، ފަހު ތިންދައުރު ކައުންސިލްގެ ރައީސް ) އީސައެވެ. ނަމަވެސް، މިފަހަރުގެ އިންތިޚާބުގައި އެ ރަށުގެ ރައްޔިތުން ވަނީ އެ ދިގު ތާރީޚަށް ނިމުން ގެނެސް، އިހުސާނު އިންތިހާބުކޮށް،އީސައަށް ބޮޑު ތަފާތަކުން ނޫނެކޭ ބުނެފައެވެ.

6242067664717155777.jpg

ހުރާ ރައީސްކަން ކާމިޔާބުކުރި ޕީއެންސީގެ އިހުސާން



މީގެ އިތުރުން، ހުރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ގެ މެންބަރުކަމުގެ ގޮނޑިތައް ވެސް ކާމިޔާބު ކުރެއްވީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނެވެ. މި ބޮޑު ކާމިޔާބީއާ ގުޅިގެން ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި ސަޕޯޓަރުން އަދި އިންތިޙާބުވި ކެންޑިޑޭޓުންގެ ފަރާތުން ރޭ ވަނީ ރަށުގެ ރައްޔިތުންނަށް ބޮޑު ޖާފަތެއް ބާއްވާފައެވެ. މިޖާފަތުގައި ރަށުގެ ކުދި ބޮޑު އެންމެނާއި،ހުރާ ދާއިރާގެ މެންބަރު ޑ.ރ އަނާރާ ނަޢީމާއި،ހުރާގެ ކުރީގެ ވެރިންނާއި،ރަށުގެ ކަމުވޮށިގެންވާ ބޭފުޅުން ބައިވެރިވިކަން ފާހަގަ ކުރެވުނެވެ. މީގެ އިތުރުން އެ ރަށުގެ ކައުންސިލް މެމްބަރު ކަމަށް އަމިއްލަ ގޮތުން އިންތިޚާބުވި ޙަސަން ނަޞީޙު މިޖާފަތުގައި ބައިވެރިވުމުން ޕީ.އެން.ސީގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފަ އެވެ.

6242067664717155781.jpg

ކާމިޔާބީ ފާހަގަކުރަން ހުރާގައި ބޭއްވި ޖާފަތުގެ ތެރެއިން



ހުރާގެ ރައްޔިތުން މި ކާމިޔާބީ ސިފަކުރަނީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ. ޚާއްޞަކޮށް 15 އަހަރަށްފަހު މި ގޮނޑި އެހެން ފަރާތަކަށް ލިބުމަކީ ރައްޔިތުން ސަރުކާރުގެ ސިޔާސަތުތަކަށް އިތުބާރު ކުރާކަމުގެ ހެއްކެއް ކަމަށެވެ. ސަބަބަކީ ހުރަޔަކީ ފެށުނީސް ސުރެ ޑީ.އާރު.ޕީގެ ފިކުރަށްފަހު،ޕީ.ޕީ.އެމް ފިކުރަށް އަދި އެެއަށް ފަހު ޕީ.އެން.ސީ ފިކުރަށް ތާއިދު ކުރާ ގިނަ ބަޔަކު ދިރި އުޅެމުންދާ ރެށެއްކަމެވެ.

IMG_9008.jpeg

ހުރާ ކައުންސިލް ގޮނޑިއެއް ކަށަވަރުކުރެއްވި ނަސީހް

 

" ހުރަޔަކީ ފެށުނީސް ސުރެ މަޢުމޫން ފިކުރުގެ އާދެ! ޑީ.އާރު.ޕީގެ ފިކުރުގެ ބައެއް ދިރި އުޅެމުން އައި ރަށެއް... މަޢުމޫނަށް ފަހު ޔާމީން ވެގެން އައިސް ޕީ.ޕީ.އެމް އަށް މަރުދިން ރަށެށް... ނަމަވެސް ރައީސް ޔާމީން ނުހަށްގުން ޖަލަށް ލާފައި އޮތް އިރު.. އަދި އެމަނިކުފާނުގެ ޕާޓީއަށް ހުރާގެ ރައްޔިތުން ތާއީދު އެންމެ ބޭނުންވި ދަނޑިވަޅު ރައްޔިތުންގެ އިޙުސާސްތަކަށްނުބަލައި ރައްޔިތުންގެ ބޮލުގައި ކޮޅުފައިން ޖަހާފައިދިޔަ މީހަކަށް އަނެއްކާވެސް ވޯޓް ދޭންވީތޯ... އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ހުރާގެ އައްޑިހަފަސް ފަސެންޓް މީހުން ތާއީދު ކުރީ ޕީ.އެން.ސީއަށް... އެކަމަކު އެންމެ ފަހުވަގުތު ރައީސް ( އީސަ ) ތާއީދު ކުރީ އެމް.ޑީ.ޕީ އަށް. އެހެންވެ ރައްޔިތުން މިފަހަރު ނޫނެކޭ ބުނަން ޖެހުނީ..." އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

IMG_9007.jpeg

ހުރާ ޑަބްލިޔުޑީސީ ކާމިޔާބުރި ޕީއެންސީގެ ޓީމު

 

" އަޅުގަނޑުމެންންނަކީ އީސަ ހޮވުމަށް ވޭތިވެ ދިޔަ ހުރިހާ އަހަރުތަކެއް ގައި އެންމެ މަސައްކަތް ކުރި މީހުން.. އަހަރެމެން ބުނިން ހިނގާށޭ... ރަށުގެ ޒުވާނަކަށް މިފުރުޞަތުދޭން.. މިދިޔަ ދައުރުވެސް އީސަ ބުނީމެއް ނޫންހޭ... މިއަންނަ ދައުރުގައި ކުރިމަތި ނުލާ ޒުވާނަކަށް ފުރުޞަތު ދޭނަމޭ... އެހެންވީމަ ރައީސް މިފަހަރު ކުރިމަތި ލަންޔާ އަހަރެމެން ޒުވާނުން ރައީސް( އީސަ ) ނޫން ގޮތެއް ނިންމަންޖެހެއޭ" އެރަށު އެހެން ޒުވާނަކު ބުންޏެވެ.

ހުރާގެ ނަތީޖާއަށް ބަލާލާއިރު ކައުންސިލް ރައީސްކަމުގެ މަޤާމަށް އިންތިހާބުވެފައިވަނީ އިހުސާނު ޖަމީލު ( ޕީ.އެން.ސީ ) އެވެ.  ކައުންސިންގެ މެންބަރު ކަމަށް ހަސަން ނަސީޚު ( އަމިއްލަ ) އަދި ޔުސްރިއްޔާ ރަޝީދު (.ޕީ.އެން.ސީ ) އެވެ.

ހުރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ގެ މެންބަރުކަމުގެ ގޮނޑި ތަކާއި ރައީސާގެ ގޮނޑިވެސް ކާމިޔާބު ކުރެއްވީ ޕީ.އެން.ސީގެ ކެންޑިޑޭޓުންނެވެ.


Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީއަށް ބައިތުހިފި އީސައަށް ހުރާ ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެ، ޕީއެންސީގެ ކާމިޔާބީ ދަމަހައްޓައިފިޚަބަރު | 2 ގަޑިއިރު ކުރިންތޮއްޑޫ އިން އެމްޑީޕީ އަށް 'ނޫނެކޭ' ބުނެ، 7 ގޮނޑި ޕީއެންސީ އަށް!ޚަބަރު | 8 ގަޑިއިރު ކުރިންނަރުދޫ ކައުންސިލާ، ޑަބްލިއުޑީސީގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް! ޚަބަރު | 9 ގަޑިއިރު ކުރިންފަސް ސިޓީގެ މޭޔަރުކަން އިދިކޮޅު ކެންޑިޑޭޓުންނަށް!ޚަބަރު | 2 ދުވަސް ކުރިން