logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާއީލުގެ އިންޒާރަށްފަހު އީރާނުގެ ރެއިލް ސްޓޭޝަންތަކަށާއި ބްރިޖުތަކަށް ހަމަލާދޭން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
7 އޭޕްރީލު 2026 - 19:37
އިސްރާއީލުގެ އިންޒާރަށްފަހު އީރާނުގެ ރެއިލް ސްޓޭޝަންތަކަށާއި ބްރިޖުތަކަށް ހަމަލާދޭން ފަށައިފި

އިސްރާއީލުން އީރާނުގެ ރޭލު ދަތުރުފަތުރާ ބެހޭ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭނެކަމުގެ އިންޒާރު ދިނުމަށްފަހު، އަންގާރަ ދުވަހު އީރާނުގެ އެކި ސަރަހައްދުތަކުގައިވާ 10 ރޭލު މަގަކާއި ބްރިޖްތަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އިސްރާއީލުގެ އަސްކަރީ ރޭޑިއޯއިން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހަތިޔާރާއި މިސައިލް ފޮނުވާލުމަށް ބޭނުންކުރާ ޕްލެޓްފޯމްތައް އުފުލުމަށް ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ ތަންތަނަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި އިސްރާއީލު ގުޅިގެން ވަނީ އެ ގައުމުގެ ގިނަ ސަރަހައްދުތަކެއްގެ ރޭލު ނިޒާމަށް ހަމަލާދީފައެވެ. ނަމަވެސް، މި ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފުސީލެއް ނުވަތަ މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

މި ހަމަލާތައް ދީފައިވަނީ، އީރާނުގެ ރައްޔިތުން ރޭލުން ދަތުރުނުކުރުމަށާއި ރޭލު ސްޓޭޝަންތަކާ ދުރުގައި ތިބުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އިންޒާރު ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކުގައި، އޭރުގެ އެންމެ މަތީ ވެރިޔާ އާޔަތުލްއަހް އަލީ ޚާމަނާއީ ހިމެނޭހެން 1,340 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އީރާނުގެ ކަމާބެހޭ ފަރާތްތަކުން ފަހަކަށް އައިސް މަރުވި މީހުންގެ އަދަދުތައް އާންމުކޮށްފައެއް ނުވެއެވެ.

މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ދަނީ އިސްރާއީލަށާއި، އުރުދުން، އިރާގު އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ. މިކަމުގެ ސަބަބުން އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދުނިޔޭގެ ބާޒާރުތަކަށާއި ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުގެ އެއްބަސްވުމާ މެދު 'ފަހުގެ ނިންމުން' ނިންމުމަށް ޓްރަމްޕް ބައްދަލުވުމެއް ބާއްވައިފިދުނިޔެ | 2 ދުވަސް ކުރިންއީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ހަމަލާތަކެއް ދީފިދުނިޔެ | 4 ދުވަސް ކުރިންހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އުސޫލީގޮތުން އެއްބަސްވުމަކަށް ވަނީ އައިސްފައި: ރިޕޯޓްދުނިޔެ | 7 ދުވަސް ކުރިން ހަނގުރާމަ ހުއްޓާލައި ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނުން އެއްބަސްވެއްޖެ: ރިޕޯޓްދުނިޔެ | 8 ދުވަސް ކުރިން