logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްއެމްއީގެ މާލީ އެހީތެރިކަން 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިއަށް

އައިޝަތު އިނާޝާ
10 އޭޕްރީލު 2026 - 09:24
އެސްއެމްއީގެ މާލީ އެހީތެރިކަން 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިއަށް

އެސްއެމްއީ ޑިޖިޓަލްއަށް 7 އަހަރު ފުރުނުއިރު 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިތަކަށް އެ ކުންފުނިން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލްގެ އިންޗާރޖް އޮފް މާރކެޓިންގ އެންޑް ކޮމިއުނިކޭޝަންސް މަރިޔަމް ޝަޒްނާ ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ މައުޟޫއު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަޒްނާ ވިދާޅުވީ މިވީ 7 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވާ އެސްއެމްއީތަކަށް ވަރަށް ގިނަ މާލީ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 189 ރަށަކުން 4000 ފަރާތަކަށް މާލީއެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ޝަޒްނާ ވިދާޅުވިއެވެ. ޝަޒްނާ ވިދާޅުވިގޮތުގައި މި 4000 ވިޔަފާރި އުފެދިންގެ އައުމާއެކު، ރަށްރަށުގެ އިކޮނޮމީއަށް ވަރަށް ބޮޑު ފައިދާއެއްކޮށް، ގިނަ ވަޒީފާތަކެއް އުފެދިގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް. އަޅުގަނޑުމެންނަށް ދެވުނު މާލީ އެހީގެ ސަބަބުން ބައެއްގެ ދިރިރިއުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައި: ޝަޒްނާ

ޝަޒްނާ ވިދާޅުވީ ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން 2019 ވަނަ އަހަރު ފެށިގެން އައިއިރު، ފައިނޭންސް ދޫކުރާ އެންމެ މަތީ އަދަދަކީ 5 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މިހާރު ވަނީ އެ އަދަދު 10 މިލިއަން ރުފިޔާއާ ހަމައަށް ލިބޭނެ ލުއި ފަސޭހަ އިންތިޒާމުތަކެއް ގާއިމްކޮށްފައި ކަމަށެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޝަޒްނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެސްއެމްއީ ޑިޖިޓަލްއިން މިހާރު އަމާޒު ހިފާފައިވަނީ އެ އިދާރާގެ ހުރިހާ ހިދުމަތްތަކެއް އިސްލާމީ އުސޫލުތަކަށް ބަދަލުކޮށް، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިސްލާމިކް ފައިނޭންސްގެ ހިދުމަތް ފޯރުކޮށްދިނުމަށްކަން ފާހަގަކުރައްވާ ޝަޒްނާ ވިދާޅުވީ މިހާރު އެބޭފުޅުންގެ ހުރިހާ ހިދުމަތްތަކެއް ޝަރީއާގެ އުސޫލުތަކަށް ބަދަލުކޮށް، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކެއް ވަނީ ތައާރަފުކޮށްފައި ކަމަށެވެ.

އެސްއެމްއީ ޑިޖިޓަލްއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދޭ މުހިންމު ބައިވެރިއެކެވެ. އެ ކުންފުނީގެ މައިގަނޑު މަގްސަދަކީ، ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރި ކަމުގައިވިޔަސް، އެ ވިޔަފާރިއެއްގެ ބޭނުންތަކަށް އެކަށޭނަ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްއެމްއީގެ މާލީ އެހީތެރިކަން 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިއަށްޚަބަރު | 3 ގަޑިއިރު ކުރިންއެސްއެމްއީ ޑިޖިޓަލް އިން ކަނޑު އުޅަނދުތަކަށް ހާއްސަ ލޯނު ސްކީމެއްޚަބަރު | 4 މަސް ކުރިން