logo
MPL

MPL

ވިޔަފާރި

ގެސްޓްހައުސް ވިޔަފާރިތަކަށް ރަނުގެ ފުރުސަތެއް: %7.5 ގެ ކުޑަ ރޭޓެއްގައި 10 މިލިއަންގެ ފައިނޭންސިންގ

މުހައްމަދު މޫސާމުހައްމަދު މޫސާ
8 އޮކްޓޯބަރު 2026 - 03:47
ގެސްޓްހައުސް ވިޔަފާރިތަކަށް ރަނުގެ ފުރުސަތެއް: %7.5 ގެ ކުޑަ ރޭޓެއްގައި 10 މިލިއަންގެ ފައިނޭންސިންގ

ރާއްޖޭގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް ތަރައްގީކޮށް އިތުރަށް ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން، ޔޫއެސް ޑޮލަރުން ފައިސާ އަނބުރާ ދައްކާ ގޮތަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ހާއްސަ ފައިނޭންސިންގ ފެސިލިޓީއެއް އެސްއެމްއީ ޑިޖިޓަލް އިން މިއަދު ތައާރަފްކޮށްފިއެވެ.

"ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގ" ގެ ނަމުގައި ތައާރަފްކުރި މި ފެސިލިޓީއަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީއާ އެއްގޮތްވާ ގޮތުގެ މަތިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދައުރުވާ މިންވަރު އިތުރުކުރުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ ފެސިލިޓީއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެސްއެމްއީ ޑިޖިޓަލް އިން ހާމަކުރި ގޮތުގައި މި ފެސިލިޓީއަށް ކަނޑައަޅާފައިވަނީ އަހަރަކު %7.5 ގެ ކުޑަ ފައިދާ ރޭޓެކެވެ. މި ސްކީމުގެ ދަށުން އެންމެ މަތީ މިންވަރަކަށް 10 މިލިއަން ރުފިޔާ އާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ފައިސާ އަނބުރާ ދެއްކުމަށް ޖުމްލަ 15 އަހަރުގެ ދިގު މުއްދަތެއް ލިބޭނެއެވެ. މީގެ އިތުރުން، މި މުއްދަތުގެ ތެރޭގައި ގިނަވެގެން 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މި ފައިނޭންސިންގ ބޭނުންކުރެވޭނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އައު ގެސްޓްހައުސްތައް އިމާރާތްކުރުމާއި، މިހާރު ހިންގަމުންދާ ގެސްޓްހައުސްތައް ފުޅާކުރުމާއި، އިމާރާތްތައް މަރާމާތުކޮށް ޒަމާނީ ފެންވަރަށް ބަދަލުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން، ލޯކަލް ޓޫރިޒަމަށް އެހީތެރިވެދޭ އެކި ޚިދުމަތްތައް ތަރައްގީކުރުމަށާއި، ވޯކިންގ ކެޕިޓަލް ހަމަޖެއްސުމާއި، ޓެކްނޮލޮޖީގެ އައު ވަސީލަތްތައް ތައާރަފުކުރުމަށްވެސް މި ފެސިލިޓީގެ އެހީތެރިކަން ހޯދޭނެއެވެ.

ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގ ތައާރަފުކުރުމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ޑޮލަރުން އާމްދަނީ ލިބޭ ގެސްޓްހައުސް ވިޔަފާރިތަކަށް މި ފެސިލިޓީގެ ސަބަބުން، ޑޮލަރުން ފައިސާ އަނބުރާ ދެއްކުމުގެ ފުރުސަތާއެކު ކުޑަ ފައިދާ ރޭޓެއްގައި ފައިނޭންސިންގ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

"މިއީ ގެސްޓްހައުސް ވިޔަފާރި ތަރައްގީކޮށް، ފުޅާކޮށް ނުވަތަ އިތުރަށް ފުރިހަމަކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ ފަހި ފައިނޭންސިންގ ފުރުސަތެއް. އަޅުގަނޑުމެން ބޭނުންވަނީ ލޯކަލް ޓުއަރިޒަމަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހިތްވަރުދީ، މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ވިޔަފާރިތައް ކުރިއެރުވުމަށް އެއްބާރުލުން ދިނުމަށް،" ބަދުރުއްދީން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޑޮލަރުން އަނބުރާ ދައްކާ ގޮތަށް ތައާރަފްކުރި މި ފުރުސަތަކީ ގެސްޓްހައުސް ތަރައްގީ ކުރުމަށް ވާދަވެރި ފައިދާ ރޭޓެއްގައި ފައިނޭންސިންގ ފޯރުކޮށްދީ، ލޯކަލް ޓޫރިޒަމް ވިޔަފާރިތަކަށް އެސްއެމްއީ ޑިޖިޓަލް އިން ދޭ މާލީ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށެވެ.

މި ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ޝައުގުވެރިވާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލްގެ ރަސްމީ ވެބްސައިޓުގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ފައިނޭންސިންގއަށް ހުށަހެޅޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެސްޓްހައުސް ވިޔަފާރިތަކަށް ރަނުގެ ފުރުސަތެއް: %7.5 ގެ ކުޑަ ރޭޓެއްގައި 10 މިލިއަންގެ ފައިނޭންސިންގވިޔަފާރި | ގަޑިއިރެއް ކުރިންއެސްއެމްއީ ޑިޖިޓަލްގެ ބްރޭންޑް ކެމްޕެއިން "އެސްއެމްއީ 360" އިފްތިތާހުކޮށްފިޚަބަރު | 5 މަސް ކުރިންއެސްއެމްއީގެ މާލީ އެހީތެރިކަން 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިއަށްޚަބަރު | 6 މަސް ކުރިންއެސްއެމްއީ ޑިޖިޓަލް އިން ކަނޑު އުޅަނދުތަކަށް ހާއްސަ ލޯނު ސްކީމެއްޚަބަރު | 9 މަސް ކުރިން