logo
Bank of Maldives

Bank of Maldives

ޚަބަރު

ވޯޓު އަލުން ގުނުމުން، ދ. މީދޫ ކައުންސިލް ރައީސްއަށް މުޙައްމަދު ޝާހިދު

އިސްމާޢިލް ރާތިޢު
10 އޭޕްރީލު 2026 - 13:52
ފޮޓޯ: ޕީއެސްއެމް
ފޮޓޯ: ޕީއެސްއެމް

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ދ. މީދޫގެ ކައުންސިލް ރައީސް ކަމަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުން އެއްވަރުވުމާ ގުޅިގެން، އެ ދާއިރާގެ ދެ ނަންބަރު ވޯޓުފޮށި އަލުން ގުނި ގުނުމުން، އެމްޑީއޭގެ ކެންޑިޑޭޓު މުޙައްމަދު ޝާހިދަށް ކުރިލިބިއްޖެއެވެ.

މި ފޮށި އަލުން ގުނަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމާފައިވަނީ، އެ ފޮއްޓާ ގުޅޭގޮތުން އެ ކޮމިޝަނުގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު މައްސަލައެއް ބެލުމަށްފަހު، ފޮށި އަލުން ގުނަން ފެންނާތީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދ. މީދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ވާދަކުރައްވާފައިވަނީ ތިން ކެންޑީޑޭޓެކެވެ. އެއީ، އިންތިޚާބު ކާމިޔާބުކުރެއްވި މުޙައްމަދު ޝާހިދުގެ އިތުރުން، ޕީއެންސީގެ ސުހާ އިބްރާހީމް އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު، އިބްރާހީމް ނަސީމެވެ.

މިފޮށި އަލުން ގުނި ގުނުމުން، މުޙައްމަދު ޝާހިދުއަށް މި ފޮށިން ލިބިވަޑައިގެންފައި ވަނީ 127 ވޯޓެވެ. ޕީއެންސީގެ ސުހާ އިބްރާހީމަށް މި ފޮށިން 114 ވޯޓު ލިބިވަޑައިގެންނެވި އިރު، އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހީމް ނަސީމަށް ލިބިވަޑައިގަތީ 36 ވޯޓެވެ.

އެހެންކަމުން ޖުމްލަ 392 ވޯޓާއެކު މިގޮނޑި ކާމިޔާބުކުރެއްވީ މުޙައްމަދު ޝާހިދެވެ. ސުހާ އިބްރާހީމަށް ޖުމްލަ 391 ވޯޓު ލިބިވަޑައިގެންނެވި އިރު، އިބްރާހީމް ނަސީމަށް ޖުމްލަ 100 ވޯޓު ލިބިވަޑައިގެންފައި ވެއެވެ.

މި އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާނުކުރުން މާދަމާ އޮންނާނެއެވެ. ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 73% މީހުނާއެކު، މިއީ ލޯކަލް ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ ފަހަރުކަން އީސީން ފާހަގަކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދ. މީދޫގެ ދެވަނަ ބުރުގެ ރަސްމީ ނަތިޖާ އާންމު ކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންވޭވަށު ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށްޚަބަރު | މަހެއް ކުރިންކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރުން ވެސް ކުރި ހޯދީ ޕީއެންސީޚަބަރު | 2 މަސް ކުރިން ވޯޓު ދިން މީހެކޭ ނުދޭ މީހެކޭ ތަފާތުކޮށްގެން ނުވާނެ، އެންމެން ހަމަހަމަވާންޖެހޭނެ: ރައީސްޚަބަރު | 2 މަސް ކުރިން