logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރުން ވެސް ކުރި ހޯދީ ޕީއެންސީ

މުޙައްމަދު އަފްރާޙް
19 އޭޕްރީލު 2026 - 03:18
ކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރުން ވެސް ކުރި ހޯދީ ޕީއެންސީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އޭޕްރިލް 18 ވަނަ ދުވަހު ބޭއްވި ވޯޓު ލުމުން ވެސް ޕީއެންސީ ކާމިޔާބު ހޯދައިފިއެވެ.

އޭޕްރިލް 18 ވީ ހޮނިހިރު ދުވަހު ހެނދުނު 8:00 ން ހަވީރު 4:00 އަށް ކުރިއަށް ގެންދިޔަ މި ބުރުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާއިރު، އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލީ 5 ދާއިރާއެއްގެ ގޮނޑީގެ ތެރެއިން 3 ގޮނޑި ކާމިޔާބުކުރީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިންނެވެ.

ޕީއެންސީން ކާމިޔާބުކުރީ ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ ގޮނޑިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް 578 ވޯޓާއެކު ހޮވިފައިވަނީ ހައްވާ ފަޒްނާއެވެ. ނޭކުރެންދޫ އ.ތ.މ ކޮމިޓީގެ މެމްބަރުކަމުގެ މަޤާމަށް 362 ވޯޓާއެކު ފާތިމަތު ރިއުޒާ ހޮވިފައިވާއިރު، މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް ފާތިމަތު ޝާފިޔާ ހޮވުނީ 563 ވޯޓާއެކުގައެވެ.

ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް އިންތީޚާބުވީ، 203 ވޯޓާއެކު އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު ރަފާޙްއެވެ. އަދި 595 ވޯޓާއެކު ފުވައްމުލައް ސިޓީ ދަނޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް އިންތިޚާބުވީ އަމިއްލަގޮތުން ވާދަކުރި ޝީޒާ އިބްރާހީމެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން %72 މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި މިއީ އެހެން ބައި އިލެކްޝަންތަކާ އަޅާބަލާއިރު ތަރުހީބު ބޮޑު އިންސައްތައެއްކަން އެ ކޮމިޝަނުން ފާހަގަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދ. މީދޫގެ ދެވަނަ ބުރުގެ ރަސްމީ ނަތިޖާ އާންމު ކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފިޚަބަރު | ދުވަހެއް ކުރިންއަޅުގަނޑުގެ ކައުންސިލެއްގައި މީދޫ ފެނިގެންދާނީ މުޅިން ތަފާތު، ޒަމާނީ ރަށެއްގެ ގޮތުގައި: ސުހާޚަބަރު | 3 ދުވަސް ކުރިންބައި-އިލެކްޝަންގައި ހަގީގަތުގައިވެސް ޕީއެންސީ އަށް ލިބުނީ ވަރަށް ބޮޑު ތާރީޚީ ކާމިޔާބީއެއް: އިއްބެޚަބަރު | 7 ދުވަސް ކުރިން