logo
MPL

MPL

ޚަބަރު

ވޯޓު ދިން މީހެކޭ ނުދޭ މީހެކޭ ތަފާތުކޮށްގެން ނުވާނެ، އެންމެން ހަމަހަމަވާންޖެހޭނެ: ރައީސް

މުޙައްމަދު އަފްރާޙް
18 އޭޕްރީލު 2026 - 17:05
 ވޯޓު ދިން މީހެކޭ ނުދޭ މީހެކޭ ތަފާތުކޮށްގެން ނުވާނެ،  އެންމެން ހަމަހަމަވާންޖެހޭނެ: ރައީސް

ވޯޓު ދިން މީހެކޭ ނުދޭ މީހެކޭ ތަފާތުކޮށްގެން ނުވާނެ ކަމަށާއި އެންމެން ހަމަހަމަވާންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕަލްސް ނޭޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ނިމިދިޔަ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި އއ. ރަސްދޫ، ތޮއްޑޫ އަދި އުކުޅުހުން ވާދަކުރި ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޖަލްސާގައި ރައީސް ވަނީ އިންތިޚާބީ މަޤާމުތަކަކީ ރައްޔިތުން ޙަވާލުކުރާ އަމާނާތެއްކަމަށާއި އެއީ މަތިވެރި ޒިންމާއެއްކަމަށެވެ. އެހެންކަމުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ޕީއެންސީގެ ފަރާތުން އިންތިޚާބު ވެވަޑައިގެންނެވި މެންބަރުން، މަޤާމުގެ ޒިންމާ އަދާކުރެއްވުމުގައި ތެދުވެރިވެ އަމާނާތްތެރިވެ، ގުޅިގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ސަރުކާރުގެ ހުރިހާވެސް ވިސްނުމަކާއި ޤަބޫލުކުރާ ހަމައަކީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކީ ޚިދުމަތްދިނުން ކަމުގައި ފާހަގަކުރައްވާ ވިދާޅުވީ ހަވާލުވެވުނު ޒިންމާ އަދާކުރުމުގައި އިޙްލާސްތެރިވާންޖެހޭނެ ކަމަށާއި އަމާނާތްތެރިވާންޖެހޭނެ ކަމަށެވެ. އަދި އެކުވެރިކަމާއެކުގައި ޒިންމާދާރު މަސައްކަތެއް ހަމަހަމަކަމާއެކީގައި ކުރެވިއްޖެނަމަ ޔަޤީނުންވެސް ކާމިޔާބީ އޮންނާނީ ވަރަށް ގާތުގައި ކަަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ހުރިހާ ސިޓީތަކުން ވެސް ވަރަށް ބޮޑަށް ނާކާމިޔާބުވެގެންދިޔަކަން ފާހަގަކުރައްވާ ރެފެރެންޑަމް ވޯޓުގައި ވެސް މުޅިރާއްޖެއިން ވަރަށް ބޮޑު ނާކާމިޔާބީއެއް ލިބުނުކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ނމިގެން ދިޔައީ ނާކާމިޔާބީވެސް ހިމެނޭ އަދި ކާމިޔާބީގެ ތެރެއިން ވަރަށް ފޮނި ކާމިޔާބީ ވެސް ހިމެނޭ އިންތިޚާބެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

"ނާކާމިޔާބީގައިވެސް އަދި ކާމިޔާބީގައިވެސް އަޅުގަނޑުގެ ސިޔާސަތަކީ އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރުން. މި ދާއިރާގެ ތަރައްޤީއަށްޓަކާ އަޅުގަނޑުވީ ހުރިހާ ވައުދެއް ފުއްދުމަށްޓަކާ އަޅުގަނޑުމެން ދާނީ ވަރަށް ބާރަށް ކުރިއަށް. ހަމަކޮންމެ ރަށެއްގެ ތަރައްޤީވެސް އެގޮތަށް ބާރަށް ކުރިއަށްގެންދާނަން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ކުރިއަށްއޮތްތާނގައިވެސް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އެއްވެސް ތަފާތުކުރުމެއްނެތި ޚިދުމަތްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 18 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | 2 ދުވަސް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން