40 ދުވަހުގެ ތެރޭގައި އީރާނަށް 18,000 އަށްވުރެ ގިނަ ބޮން އަޅާފައިވާކަމަށް އިސްރާއީލުން ބުނެފި
10 އޭޕްރީލު 2026 - 18:09

ފެބްރުއަރީ 28 ވަނަ ދުވަހު ފެށި 40 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި، އިސްރާއީލުން އީރާނަށް 18,000 އަށްވުރެ ގިނަ ބޮން އަޅާފައިވާ ކަމަށް އެ ގައުމުން ހުކުރު ދުވަހު ބުނެފިއެވެ.
އެމެރިކާގެ ސޯޝަލް މީޑިއާ ކުންފުނި 'އެކްސް' މެދުވެރިކޮށް އިސްރާއީލު ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަނގުރާމައިގެ ތެރޭގައި އީރާނާ ދެކޮޅަށް ވައިގެ މަގުން 1,000 އަށްވުރެ ގިނަ ހަމަލާތައް ދީފައިވާ ކަމަށެވެ. މީގެ ކުރިން އާންމުކޮށްފައިވާ އަސްކަރީ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮންމެ ވައިގެ ހަމަލާއެއްގައި އެތައް ހަނގުރާމަމަތީ މަތިންދާބޯޓުތަކެއް ބައިވެރިވެފައިވެއެވެ.

Ad by Hajj Corporation
އިސްރާއީލު ސިފައިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ވައިގެ މަގުން 10,800 އަށްވުރެ ގިނަ ހަމަލާދީ، 6,700 އަށްވުރެ ގިނަ ވަސީލަތްތަކަށާއި 4,000 އަމާޒަކަށް ހަމަލާދީފައިވެއެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އިސްރާއީލުގެ ފިނޭންސް މިިނިސްޓްރީން އަންދާޒާކުރާ ގޮތުގައި، އީރާނާއި ލުބުނާނާ ދެކޮޅަށް 40 ދުވަސް ވަންދެން ކުރި މި ހަނގުރާމައަށް ގާތްގަނޑަކަށް 17.5 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުވެފައިވާ ކަމަށް އިސްރާއީލުގެ 'ޗެނަލް 12' އިން ރިޕޯޓުކޮށްފައިވެއެވެ.
އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ގައި އީރާނަށް ދޭން ފެށި ހަމަލާތަކަށް 40 ދުވަސް ފުރުނުތަނާ، ޕާކިސްތާނާއި، ތުރުކީ، ޗައިނާ، ސައުދީ އަރަބިއްޔާ އަދި މިސްރު ގުޅިގެން ކުރި މަސައްކަތުން، މިދިޔަ ބުދަ ދުވަހު ވަނީ ވޮޝިންޓަނާއި ތެހެރާނާ ދެމެދު ދެ ހަފުތާގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން، ދާއިމީ ސުލްހައަކަށް މަގުފަހިކުރުމަށްޓަކައި ދެ ފަރާތުގެ މެދުގައި ބާއްވާ މަޝްވަރާތައް ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

.gif&w=1920&q=75)
