އިންތިހާބުތަކުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފި
11 އޭޕްރީލު 2026 - 06:02

ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުތަކުގެ ތެރެއިން ދެވަނަ ބުރަކަށް ދާންޖެހޭ ދާއިރާތަކުގެ ވޯޓުލުން ކުރިއަށް އޮތް ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި, އެ ކޮމިޝަނުގެ ރައީސްް މުހައްމަދު ޒާހިދު ވިދާޅުވީ، މި އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން 2026 އެޕްރިލް 18 ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށާއި، އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ.

Ad by Hajj Corporation
މީގެ އިތުރުން އީސީ އިން ބުނީ 2026 އެޕްރިލް 4 ގައި ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާތައް މިހާރު އިއުލާނުކޮށްފައިވާ ކަމަށާއި، އިންތިހާބުގެ ދާއިމީ ނަތީޖާތައް މިއަދު މެންދުރުފަހު 2:30 އިން ފެށިގެން އިއުލާނު ކުރަން ފަށާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 294,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، އޭގެ ތެރެއިން 215,346 މީހުން ވަނީ ވޯޓުލާފައެވެ. މިއީ މިހާތަނަށް އެންމެ ގިނަ މީހުން ވޯޓުލާން ނިކުތް އެއް އިންތިހާބުކަން ކޮމިޝަނުން ފާހަގަކުރިއެވެ.
މި އިންތިހާބުގެ ކަންކަން އޮބްޒާވްކުރުމަށް ވެސް ގިނަ އަދަދެއްގެ ފަރާތްތަކަކުން ހަރަކާތްތެރިވި އެވެ. އެގޮތުން 1,626 ލޯކަލް އޮބްޒާވަރުންނާއި، 38 އިންޓަނޭޝަނަލް އޮބްޒާވަރުންގެ އިތުރުން ކެންޑިޑޭޓުންގެ 4,021 މަންދޫބުންނާއި 3,275 މޮނިޓަރުން މި އިންތިހާބުގައި ހަރަކާތްތެރިވެފައިވެ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިދިޔަ އެޕްރިލް 4 ގައި ބޭއްވި އިންތިހާބަކީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށްދިޔަ އިންތިހާބެއް ކަމަށެވެ.

.gif&w=1920&q=75)
