logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ އިންތިޚާބާއި ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ދާއިމީ ނަތީޖާ މިއަދު އިއުލާން ކުރަނީ

މުޙައްމަދު އަފްރާޙް
11 އޭޕްރީލު 2026 - 06:30
ދެ އިންތިޚާބާއި ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ދާއިމީ ނަތީޖާ މިއަދު އިއުލާން ކުރަނީ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ދާއިމީ ނަތީޖާ މިއަދު މެންދުރުފަހު އިއުލާން ކުރަން ފަށާނެކަަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިކަން ހާމަކުރެއްވީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ދެއްވި ޚާއްސަ މެސެޖެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މެސެޖުގައި ޒާހިދު ވިދާޅުވީ މިފަހަރުގެ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު 294،876 (ދެލައްކަ ނުވަދިހަ ހަތަރު ހާސް އަށްސަތޭކަ ހަތްދިހަ ހަ) މީހުންނަށް ލިބިފައިވާ ކަމަށެވެ. އަދި 215،346 (ދެލައްކަ ފަނަރަ ހާސް ތިން ސަތޭކަ ސާޅީސް ހަ ) މީހުން ވޯޓުލުމުގެ ފަރުދީ ޒިންމާ އަދާކޮށްފައިވާ ކަމަށެވެ.

މިއީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބެއްގައި އެންމެ ގިނަ އަދަދަކަށް ވޯޓުލުމަށް ނުކުތް ފަހަރު ކަމަށް ވެސް ޒާހިދު ވިދާޅުވިއެވެ. އަދި މިފަހަރުގެ އިންތިހާބު އޮބްޒާވުކުރުމަށް ލޯކަލް އޮބްޒާވަރުންގެ ގޮތުގައި 1626 ފަރާތަކުން ހަރަކާތްތެރިވިއިރު، ބައިނަލްއަގުވާމީ 38 ފަރާތަކާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 4021 ފަރާތެއް އަދި މޮނިޓަރުންގެ ގޮތުގައި 3275 ފަރާތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރާތްތެރިވެފައިވާކަން އީސީގެ ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އޭޕްރީލް 4 ވީ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކަކީ މިނިވަންކަމާ، އިންސާފުވެރިކަމާއެކު ކުރިއަށްގެންދިޔަ އިންތިހާބުތަކެއްކަން ފާހަގަކުރައްވާ ޒާހިދު ވަނީ ގައުމީ ކޮމްޕްލެއިންސް ބިއުރޯ އަށް 170 ޝަކުވާއެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ޝަކުވާތަކަށް ބެލުމަށްފަހު، ޖަވާބުދާރީވުމުގެ ކަންކަން ކުރިއަށްދާކަމަަށް ވެސް ވިދާޅުވިއެވެ.

ހަމަމިއާއެކު އެ ޝަކުވާތަކާ ގުޅިގެން އީސީ އިން ސޭ ޖަވާބާމެދު ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ކަމަށް ވިދާޅުވިއެވެ. އަދި އޭޕްރިލް 11 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އެފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް ވެސް ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބުކުރުމަށް ވޯޓްލާފައިވެއެވެ. މިފަހަރު ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއިމަހުގެ 17 ވަނަ ދުވަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ އިންތިޚާބާއި ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ދާއިމީ ނަތީޖާ މިއަދު އިއުލާން ކުރަނީޚަބަރު | 2 ގަޑިއިރު ކުރިންއިންތިހާބުތަކުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިޚަބަރު | 3 ގަޑިއިރު ކުރިންއަލުން ގުނުމުންވެސް ވޭވަށު ވޯޓުގެ ނަތީޖާއަށް ބަދަލެއް ނާދޭ، ބަދަލު އައީ ވޯޓުގެ ޢަދަދަށްޚަބަރު | 5 ގަޑިއިރު ކުރިންދެ އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ދާއިމީ ނަތީޖާ އިޢުލާންކުރުން މާދަމާޚަބަރު | 20 ގަޑިއިރު ކުރިން