ޑްރެއިން ސިސްޓަމް ބޭނުންކުރަން ފެށުމުން ފެންބޮޑެއް ނުވޭ

މާލެއަށް ވެހުނު ބޯ ވާރެއަށްފަހު ވެސް އައިޖީއެމްއެޗް ސަރަހައްދުގައި ފެންބޮޑެއް ނުވޭ-- ފޮޓޯ: މިހާރު

12 އޮކްޓޯބަރު 2024 - 04:20
އައިޖީއެމްއެޗް ކައިރީގައި އިންފްރާންސްޓްރަކްޗާ މިނިސްޓްރީން ބެހެއްޓި ޑްރެއިން ސިސްޓަމް ނުވަތަ ފެން ހިންދާ ސިސްޓަމް ބޭނުންކުރަން ފެށުމުން ފެންބޮޑެއް ވުމަށް ވަގުތީ ޙައްލެއް ވަނީ ލިބިފައެވެ. އެ ޑްރެއިން ސިސްޓަމް ގެ ބޭނުންކުރަން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މިއީ މާލޭގެ ހުޅަނގު ސަރަޙައްދުގައި، ވަކިން ޚާއްޞަކޮށް ވެސްޓް ޕާކާއި، އައިޖީއެމް ހޮސްޕިޓަލް ހިމެނޭ ސަރަޙައްދުގައި ފެން ބޮޑުވެ ޢާންމު ދިރިއުޅުމަށް ދަތިވެ، ބައެއް ގެތަކަށް ގެއްލުން ލިބޭތީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ވަގުތީ ގޮތުން އެކަން ޙައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމާ ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް އިސްވެގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމުގައި އެ ވުޒާރާއިން ބުންޏެވެ.
އެ މަޝްރޫއު އާރުޑީސީ އާ ޙަވާލުކުރެވި މަސައްކަތް ފެށިފައިވަނީ މި އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގައެވެ.
މި ކުރެވޭ މަސައްކަތުން ފެންބޮޑުވާ މައްސަލައަށް އެއްކޮށް ޙައްލު ނުލިބުނު ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ރައްޔިތުންނަށް ފޯރާ ދަތިތައް ކުޑަކުރެވި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމަށް ފަސޭހަވާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެމިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ސޯޝަލް މީޑިއާ އެކްސް ގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ހާމަކޮށްފައިވެއެވެ.
އިތުރު ލިޔުންތައް

ވިއްސާރައިގައި ކުރެންދޫގެ 70 ގެއަކަށް ފެން ވަދެ، ބޮޑެތި ގެއްލުންތަކެއް
5 މަސް ކުރިން
އަލިފާނުގައި ގެއްލުންވި މިނިސްޓްރީތައް ދަރުބާރުގެއަށް
4 މަސް ކުރިން
މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފި
4 މަސް ކުރިން