logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ ފަހަރެއްގެ މަތިން ފޭކް ސްލިޕެއް ބޭނުންކޮށްގެން ހޮޓެލް ބުކިން ހެއްދި މީހަކު ހައްޔަރުކޮށްފި

ޒިދާން މުޙައްމަދު
11 އޭޕްރީލު 2026 - 13:19
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ

ދެ ފަހަރެއްގެ މަތިން ހޮޓެލް ބުކިން ހެދުމަށްފަހު ފޭކް ސްލިޕެއް ފޮނުވައި އަދި އޭގެ ފަހުން ބުކިން ކެންސަލް ކުރުމަށްފަހު ރިފަންޑު ހޯދުމަށް މަސައްކަތްކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ނ. ވެލިދޫ، އިހާޒް، މުހައްމަދު އަނޫފްއެވެ.

އުމުރުން 25 އަހަރުގެ އެ ޒުވާނާއަށް ކުރަނީ މަކަރާ ހީލަތް އަދި ސައްހަ ލިޔުމަށް ބަދަލު ގެނައުމުގެ ތުހުމަތެވެ.

މުހައްމަދު އަނޫފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

މުހައްމަދު އަނޫފް ހޮޓެލް ބުކިން ހެއްދުމަށްފަހު ފޭކް ސްލިޕެއް ފޮނުވާ ކަމަށާއި އަދި އޭގެ ފަހުން ބުކިން ކެންސަލް ކުރުމަށްފަހު ރިފަންޑް ހޯދުމަށް އެދިފައިވާ ކަމަށް މިމައްސަލަ ބަލާ އައިއޯ ވަނީ ފާހަގަކޮށްފައެވެ.

އެ ގޮތުން ނަގުފު ފައިސާއިން ރިފަންޑުގެ ފައިސާ ބަލައި ހޮޓަލުގެ އޮފީހަށް ދިޔައީ މުހައްމަދު އަނޫފް ކަމަށް އައިއޯ ބުނެފައިވެއެވެ.

އައިއޯ ބުނީ މުހައްމަދު އަނޫފް މީގެ ކުރިންވެސް މިފަދަ ކަމެއް ތަކުރާރުކޮށްފައިވާ ކަމަށާއި އެ ފަހަރު ބުކިން ހެއްދުމަށްފަހު ފައިސާ ފޮނުވުމަށް އެދި ފޮނުވާފައިވަނީ އަނޫފްގެ އެކައުންޓް ނަންބަރު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ ފަހަރެއްގެ މަތިން ފޭކް ސްލިޕެއް ބޭނުންކޮށްގެން ހޮޓެލް ބުކިން ހެއްދި މީހަކު ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންމަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންފީއަލީގައި ތެޔޮ ބޯޓެއްގައި ރޯވުން: އިތުރު އުޅަނދުތަކެއްގައި އަލިފާން ހިފައި އައިސްޕްލާންޓުގައި ވެސް ރޯވެއްޖެޚަބަރު | 2 ދުވަސް ކުރިންބަންޑުން ޖަހާލި ބޯޓުން ގެއްލުނު މީހާ ފެނިއްޖެޚަބަރު | 2 ދުވަސް ކުރިން