logo
މެމްބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިBank of Maldives

Bank of Maldives

ޚަބަރު

އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ފުރަތަމަ ފަހަރަށް ދީނީ ކޮންޓެންޓަށް ފުރުޞަތު!

ޒިދާން މުޙައްމަދު
12 އޭޕްރީލު 2026 - 11:10
އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ފުރަތަމަ ފަހަރަށް ދީނީ ކޮންޓެންޓަށް ފުރުޞަތު!

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ގައި، ދީނީ ކޮންޓެންޓަށް ޚާއްޞަ ކެޓަގަރީއެއް ފުރަތަމަ ފަހަރަށް ތައާރަފްކޮށްފިއެވެ. މިއީ އިސްލާމީ ތަޢުލީމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، އުފެއްދުންތެރިންނަށް އެ ފަރާތްތަކުގެ މަސައްކަތްތައް ޤައުމީ ފެންވަރެއްގައި ދައްކާލުމަށް ހުޅުވާލެވުނު މުހިންމު ފުރުޞަތެކެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ އިސްނެގުމުގެމަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މަޢުރަޒު، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގައެވެ. މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި، މަޢުރަޒުގެ އުސޫލު މިހާރު ވަނީ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޢުރަޒުގައި އަލަށް ހިމެނާފައިވާ ދީނީ ކޮންޓެންޓު އުފައްދާ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީގެ މަޤްޞަދަކީ އުފެއްދުންތެރި އަދި ތަޢުލީމީ ވަސީލަތްތައް މެދުވެރިކޮށް އިސްލާމީ އުޞޫލުތައް ކުރިއެރުވުމާއި، ދީނީ ކަންކަމަށް ޚާއްޞަ ތަކެތި އުފެއްދުމުގައި، އައު ވިސްނުންތަކަށް ހިތްވަރު ދިނުމެވެ. މި ކެޓަގަރީގެ ދަށުން އިސްލާމްދީން ކުރިއެރުވުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ތަފާތު އުފެއްދުންތަކާއި ޚިދުމަތްތައް ބައިވެރިކުރެވޭނެއެވެ.

މި ކެޓަގަރީގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ދީނީ ކޮންޓެންޓް، އޯޑިއޯ އަދި ވީޑިއޯ ފޯމެޓުގައި ހުށަހެޅުމުގެ ފުރުޞަތެވެ. މީގެ ތެރޭގައި އިސްލާމީ ތީމްތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީތަކާއި، ރިޕޯޓްތަކާއި، އަދި ދީނީ ރޫޙު އާލާކުރުމަށް ތައްޔާރުކޮށްފައިވާ މަލްޓިމީޑިއާ އުފެއްދުންތައް ހިމެނެއެވެ. މިފަދަ އުފެއްދުންތައް ހުންނަންވާނީ ކަނޑައެޅިފައިވާ ދީނީ އުޞޫލުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށެވެ.

މީގެ އިތުރުން، ކުޑަކުދިންނަށް ދީނީ ތަޢުލީމު އުގަންނައިދިނުމަށް ބޭނުންކުރާ ތަކެއްޗަށް ޚާއްޞަ ސަބް-ކެޓަގަރީއެއް ވެސް ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި ތަފާތު ޢުމުރުފުރާގެ ކުދިންނާ ގުޅޭގޮތަށް، އެކުދިންގެ ވިސްނުމާއި އުނގެނުމުގެ ޤާބިލުކަމަށް ރިޢާޔަތްކޮށް ފަރުމާކޮށްފައިވާ ތަޢުލީމީ ވަސީލަތްތައް ހިމެނެއެވެ. މީގެ ބޭނުމަކީ އައު ޖީލުތަކަށް އިސްލާމީ ތަޢުލީމު ފޯރުކޮށްދިނުމުގައި ޝައުޤުވެރި އަދި ފަސޭހަ ގޮތްތަކެއް ތައާރަފްކުރުމެވެ.

މި ކެޓަގަރީގައި އެހެނިހެން ދީނީ އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މިއީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރޒުގެ ތާރީޚުގައި ގެނެވުނު މުހިންމު ބަދަލެކެވެ. މީގެ ސަބަބުން ލިބޭ އިޤްތިޞާދީ ކުރިއެރުމުގެ އިތުރުން، މުޖުތަމަޢުގެ ސަގާފީ އަދި ދީނީ ކަންކަން ދިރުވައި އާލާކުރުމަށް މަގުފަހިވެގެން ދާނެއެވެ.

މިއަހަރުގެ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް www.expo.mv  މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ވެގެންދާނީ ދިވެހި އުފެއްދުންތެރިންނަށް އެފަރާތްތަކުގެ މަސައްކަތްތައް އާންމުންނަށް ދައްކާލުމުގެ އިތުރުން، ބައިނަލްއަޤްވާމީ ބާޒާރަށް ތަކެތި ނެރުމަށް ތައްޔާރުވުމަށް ލިބިގެންދާނެ ފަހި ފުރުޞަތަކަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ފުރަތަމަ ފަހަރަށް ދީނީ ކޮންޓެންޓަށް ފުރުޞަތު!ޚަބަރު | ގަޑިއިރެއް ކުރިންދިވެހި އުފެއްދުންތެރިންގެ މައުރަޒުގައި އުފާވެރި ކުޑަކުދިންގެ ހަވީރަކާއި ބޮޑުބެރު މުބާރާތެއް ވެސްޚަބަރު | އަހަރެއް ކުރިން