logo
ސިއްޙީ ދިރާސާތައް ކުރިއަރުވަން 'މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން' ނެރެފިMPL

MPL

ޚަބަރު

އަމާޒަކީ "މޯލްޑިވްސް އެކްސްޕޯ" މެދުވެރިކޮށް ވިޔަފާރިތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ހެދުން: ސައީދު

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
13 އޮކްޓޯބަރު 2026 - 08:15
އަމާޒަކީ "މޯލްޑިވްސް އެކްސްޕޯ" މެދުވެރިކޮށް ވިޔަފާރިތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ހެދުން: ސައީދު

މޯލްޑިވްސް އެކްސްޕޯގައި ބައިވެރިވާ ދިވެހި ވިޔަފާރިތަކުގެ އަމާޒަކީ ހަމައެކަނި އެކްސްޕޯ ބާއްވާ މުއްދަތުގައި ތަކެތި ވިއްކުން ނޫން ކަމަށާއި، އެ ވިޔަފާރިތަކަކީ ދިގު މުއްދަތަކަށް ދެމިއޮންނަ، މާލީ ގޮތުން ފައިދާހުރި ވިޔަފާރިތަކަކަށް ހެދުން ކަމަށް އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

 ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް މާލީ އެހީތެރިކަމާއި ސަރުކާރުގެ ލޯނުތައް މެދުވެރިކޮށް، އެ ފަރާތްތަކުގެ އުފެއްދުންތަކަށް ދެމެހެއްޓެނިވި އަދި ފައިދާހުރި މާރުކޭޓެއް ހޯދައިދިނުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން މެންދުރު ޓީވީގެ ނޫސްވެރިޔާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، "އެކްސްޕޯ އިން އުފެދޭ ވިޔަފާރިތަކަކަށް ދެމެހެއްޓެނިވި ގޮތެއްގަ ވިޔަފާރިއެއް ފަށާދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދިވެހި ވިޔަފާރިތަކަށް މިހާރަށްވުރެ ރަނގަޅު ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެއާޕޯޓުން ދިވެހި ވިޔަފާރިތަކަށް އިތުރު ޖާގަ ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "މޯލްޑިވްސް އެކްސްޕޯ 2025" ގައި އިއުލާނު ކުރައްވާފައިވާ ކަމަށެވެ.

 ވަޒީރު ސައީދު އިތުރަށް ވިދާޅުވި ގޮތުގައި، އައު އެއާޕޯޓު ހުޅުވުނުއިރު ދިވެހި އުފެއްދުންތައް ވިއްކާ ފިހާރަތަކަށް ތިން ސަރަހައްދެއް ކަނޑައަޅާފައި އޮތް ނަމަވެސް، ވިޔަފާރިވެރިން އެދުނީ ފަތުރުވެރިން އިމިގްރޭޝަން ކްލިއަރެންސް ނިންމުމަށްފަހު ވަންނަ އެންމެ ތޮއްޖެހޭ ސަރަހައްދުން ޖާގައެއް ހޯދުމަށެވެ.

 އެއާޕޯޓުގެ އެންމެ މުހިންމު އެ ސަރަހައްދުން ދިވެހި ވިޔަފާރިތަކަށް ޖާގަ ލިބޭނެ ކަމަށް ކުރިން އުންމީދު ނުކުރެއްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން އެ ސަރަހައްދު މިހާރު "އޮތެންޓިކް މޯލްޑިވްސް" އަށް ހަމަޖައްސަވައިދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމާޒަކީ "މޯލްޑިވްސް އެކްސްޕޯ" މެދުވެރިކޮށް ވިޔަފާރިތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ހެދުން: ސައީދު ޚަބަރު | ގަޑިއިރެއް ކުރިންއުފެއްދުންތެރިކަމުގެ މަޢުރަޒުގައި ފުރަތަމަ ފަހަރަށް ދީނީ ކޮންޓެންޓަށް ފުރުޞަތު!ޚަބަރު | 6 މަސް ކުރިންދިވެހި އުފެއްދުންތެރިންގެ މައުރަޒުގައި އުފާވެރި ކުޑަކުދިންގެ ހަވީރަކާއި ބޮޑުބެރު މުބާރާތެއް ވެސްޚަބަރު | އަހަރެއް ކުރިން