logoEN
ޚަބަރު

ދިވެހި އުފެއްދުންތެރިންގެ މައުރަޒުގައި އުފާވެރި ކުޑަކުދިންގެ ހަވީރަކާއި ބޮޑުބެރު މުބާރާތެއް ވެސް

ޒަމާންތަކަކަށް ފަހު ދިވެހިންގެ އަމިއްލަ އުފެއްދުންތެރިކަން ދައްކާލުމަށްޓަކާ ބޭއްވޭ، ދިވެހި އުފެއްދުންތެރިންގެ މައުރަޒުގައި މިއަދު ހަވީރު ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

އުފެއްދުންތެރިކަމުގެ މައުރަޒަކީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު މައުރަޒެވެ.ތިން ހާހަށްވުރެ ގިނަ އުފެއްދުމާއެކު ހުކުރު ދުވަހު ފަށާފައިވާ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި މިއަދު ހަވީރު ކުޑަކުދިންނަށް ހާއްސަކޮށްފައިވާއިރު ، ކުޑަކުދިންނަށް ބައިވެރިވެވޭ އެކި ކުޅިވަރުތަކާއެކު މިއަދު ހަވީރު ހާއްސަ ހަރަކާތެއް ވަނީ ހިންގާފައެވެ.

މިއަދުގެ ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިން ޝައުގުވެރިވާފަދަ އެކި ކުޅިވަރުތައް ކުރިއަށްދިޔައެވެ. އެގޮތުން އެންޓަޓެއިންމަންޓް ޑިސްޓްރިކްޓްގައި އެކި އުމުރުފުރައިގެ ކުދިން ޝައުގުވެރިވާ އެކި ކުޅިވަރުތަކާއި، ވީޑިއޯ ގޭމްސްތަކަށް ޚާއްސަ ޒޯނެއްވެސް އޮތް ހަމައެއާއެކު ކުޑަކުދިންގެ މެދުގައި މަޤުބޫލު ރޮބޯމޭންވެސް މިއަދު ހަވީރު މައުރަޒުގައި ކުދިންނާއި ބައްދަލުކޮށް ށައުގުވެރި ހުށަހެޅުންތަކެއް ވަނީ ހުށަހަޅާފައެވެ.އެ މައުރަޒުގައި މިރޭ، ބޮޑު ބެރުގެ އެކި ހުށައެޅުންތައްވެސް އޮންނާނެއެވެ.ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު މައުރަޒުގައި މާކެޓް ޕްލޭސްއެއް ޤާއިމުކޮށްފައިވާއިރު، މިމަކެޓް ޕްލޭސްގައި އެކި ބާވަތުގެ ތަކެތި ވިއްކޭނެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެގޮތުން ކާބޯތަކެތީގެ އެކި ރަހަތައް މިމައުރަޒުގެ ތެރޭގައި ތަޖުރިބާކޮށްލުމުގެ ފުރުސަތު އޮތްކަން އެވުޒާރާއިން ފާހަގަކުރައްވައެވެ. މިގޮތުން ރާއްޖޭގެ ދެކުނުން ފުވައްމުލަކަށް ޚާއްސަ ބާބާ ގާޑިއާވެސްވަނީ މިމައުރަޒުގައި ބައިވެރިވެފައެވެ.

މި މައުރަޒުގެ ތެރެއިން ބޮޑުބެރު މުބާރާތެއް ވެސ ްމިރޭ ފަށާނެއެވެ. އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ތެރެއިން ކުރިއަށް ގެންދާ މި މުބާރާތުގެ މަޤްޞަދަކީ ރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން ދާއިރާއަށް އައު ތަރިން ނެރުންކަމަށް މުބާރާތް އިންތިޒާމު ކުރާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުންޏެވެ. މި މުބާރާތް މިރޭ ފަށާއިރު، މުބާރާތުގައި ބައިވެރިވާ 6 ގްރޫޕުގެ ހުށަހެޅުންތައް ކުރިއަށް އޮތް 3 ދުވަހު ކޮންމެ ރެއަކުވެސް ހުށަހަޅާނެއެވެ. މުބާރާތް ކުރިއަށްދާނީ ކޮންމެ ރެއަކުވެސް ވަކި ވައްތަރެއްގެ ލަވަތައް ހުށަހަޅާ ގޮތަށެވެ. އެގޮތުން މިރޭ މުބާރާތް ފަށާނީ ކާށިމަޖާ ލަވަތަކުންނެވެ. އަދި މާދަމާ ރޭ ބަބުރު ލަވައަށް ހާއްސަ ކުރެވިފައިވާއިރު، 3 ވަނަ ރޭ ގްރޫޕްތަކުން ހުށަހަޅާނީ އަމިއްލައަށް އިޙްތިޔާރުކުރާ ބާވަތެއްގެ ލަވަތަކެވެ.މި މުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހުގެ ހަވީރާއި ރޭގަނޑު މުބާރާތުގެ ފައިނަލްގެ ކަންކަން ކުރިއަށްދާނެއެވެ.

މިމަހުގެ 23 އިން 31 ހުގެ ނިޔަލަށް ކުރިއަށްގެންދާ މިމައުރަޒުގައި ދިވެހި އެކި އުފެއްދުންތައްވަނީ ދައްކާލާފައެވެ. މާލެއާއި އަތޮޅުތަކުގެ ރަށްރަށުންވެސްވަނީ އެކި އުފެއްދުންތައް މައުރަޒުގައި ބައިވެރިކޮށްފައެވެ.

ކޮމެންޓް

871x217_placeholder