logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ބިޒްނަސް ޑައިލޮގުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މަރިޔަމް މާޙީ
10 މޭ 2026 - 10:58
އައްޑޫ ބިޒްނަސް ޑައިލޮގުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ އިގުތިސާދީ ކުރިމަގު ބައްޓަންކުރުމަށާއި، ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ "އައްޑޫ ބިޒްނަސް ޑައިލޮގް" ގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުޅުވާލައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމުކުރާ މި ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 އިން 14 އަށް އައްޑޫ ސިޓީގައެވެ. މި އިވެންޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިގުތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ފޯރަމް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިމަގު ބައްޓަންކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމެވެ. އެހެންކަމުން، އައްޑޫ ސިޓީގެ އެންމެހާ ވިޔަފާރިވެރިން މި ޑައިލޮގުގައި ބައިވެރިވުމަށް އެ ވުޒާރާއިން ވަނީ ދައުވަތު އަރުވާފައެވެ.

ބީސީސީން މައުލޫމާތު ދޭ ގޮތުގައި، މި ފޯރަމުގައި އެކި ދާއިރާތަކުން މައުލޫމާތު ދިނުމަށާއި، ލިބެން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް ދައުލަތުގެ ގިނަ މުއައްސަސާތަކަކުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި މީރާ، އެމްޕީއެލް، ކަސްޓަމްސް، ހޯމްލޭންޑް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނެއެވެ.

މި ފޯރަމަކީ އައްޑޫ ސިޓީގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާއި، ވިޔަފާރިތަކަށް ލިބޭނެ އިނާޔަތްތަކުގެ އިތުރުން، ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ލިބޭނެ މުހިންމު ފުރުސަތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ އިގުތިސާދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އައްޑޫ ސިޓީއަކީ އިގުތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީކުރުމަކީ ރައީސް ޑރ. މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. މިފަދަ ފޯރަމްތަކަކީ އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ވިޔަފާރިވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫ ބިޒްނަސް ޑައިލޮގުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | ގަޑިއިރެއް ކުރިންއައްޑޫ އިން ސީދާ މައްކާއަށް އުމްރާ ދަތުރުތައް ފެށަނީ! ޚަބަރު | 23 ދުވަސް ކުރިންރާއްޖޭގެ 3 ސިޓީގައި ސިންތެޓިކް ޓްރެކް އަޅަނީޚަބަރު | މަހެއް ކުރިންމަރްުހޫމް ސާލިހު ވަނީ އައްޑޫގެ ކުރިއެރުމަށާއި ތަރައްޤީއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފަ: ރައީސްޚަބަރު | މަހެއް ކުރިން