އިންތިހާބުގެ ނަތީޖާއަކީ ރައީސް މުއިއްޒުއަށް ދެވަނަ ދައުރެއް ކާމިޔާބު ކުރެވޭނެކަމުގެ ފެހި ސިގްނަލްއެއް: އެމްޕީ ހަމީދު
12 އޭޕްރީލު 2026 - 17:38

އޭޕްރިލް 4 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމޮޓީގެ އިންތިހާބުގެ ނަތީޖާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަށް ދެވަނަ ދައުރެއް ކާމިޔާބު ކުރެވޭނެކަމުގެ ފެހި ސިގްނަލްއެއް ކަމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަދައްކަމުން މެމްބަރު ހަމީދު ވިދާޅުވީ،އިދިކޮޅު ހުރިހާ ޕާޓިތަކުން ގުޅިގެން ކުރި މަސައްކަތުންވެސް ސަރުކާރު ނިސްބަތްވާ ޕާޓީ (ޕީއެންސީ)ބަލި ނުކުރެވުން ކަމަށެވެ. އަދި ޖުމްލަ ވޯޓުގެ ބޮޑު އިންސައްތަ އެއް ވެސް ކާމިޔާބު ކޮށްފައިވަނީ ޕީއެންސީއިން ކަމަށާއި، ކައުންސިލްތަކުގެ މެޖޯރިޓީއާއި ކައުންސިލްތަކުގެ ރައީސްްގެ ގޮނޑި ތައްވެސް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ ޕީއެންސީކަމަށް ވެސް މެމްބަރު ވިދާޅިވިއެވެ.

Ad by Hajj Corporation
މީގެއިތުރުން ޒަމާނުންސުރެ އެމްޑީޕީއަށް ތާއީދުކުރައްވާ އަތޮޅުތަށް ޕީއެންސީއަށް އެނބުރިގެން އައިގޮތް ވަރަށް ބޮޑަށް ފާހަގަކުރެވުން ކަން ފާހަގަކުރައްވާ މެމްބަރު ހަމީދު އިތުރަށް ވިދާޅުވީ، ހިންހަމަޖެހޭ ވަރުގެ ކާމިޔާބެއް ނުލިބުނު ކަމުގައިވިއަސް ،ރައީސް މުއިއްޒު ގިނިކަންޔާ ހުންނަވާ މި ހޯއްދެވި ކާމިޔާބަކީ ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށެވެ.
މީގެއިތުރުން މެމްބަރު ހަމީދު ވިދާޅުވީ، ރައީސް މުއިއްޒު ގެ އަތްޕުޅުން އަނބުރާ ވެރިކަން ހޯދޭނީ އިދކޮޅު ހުރިހާ ބޭފުޅުން އެއްގަލަކަށް އަރައިގެން މަސައްކަތް ކޮށްގެންކަން މިހާރު އެބޭފުޅުންނަށް ޔަޤީންވާނެކަމަށާއި،އަދި އެބޭފުޅުންގެ މެދުގަ މިހާރު އޮތް ހަމަނުޖެހުން ބާއްވައިގެން ކުރިއަށްގޮސްފި ނަމަ މި އިންތިހާބުގެ ވަސްވެސް ނުލިބޭނެކަން މިހާރު އެބޭފުޅުންނަށް އޮންނާނީ އެނގިފައިކަމަށެވެ.
އަދި އޭޕްރިލް4 ވަނަ ދުވަހު ރައްޔިތުން އެ ނިންމި ނިންމުމަކީ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ބަދަލުވެގެން ދިޔަ ކަމެއް ކަމަށް ވެސް މެމްބަރު ފާހަގަކުރެއްވިއެވެ.
އަދި ބޭނުންވަނީ ރައްޔިތުން ބޭނުންވާ ގޮތަށް މި ސަރުކާރު ހިންގަން ކަމަށާއި، ސަރުކާރު ތެރޭ ރަނގަޅު ކުރަންހުރި ކަންކަން ރަނގަޅު ކުރުމަށް ރައްޔިތުން ފުރުސަތު ދީފި ކަމަށާއި، އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދާނެ ކަމަށް ވެސް މެމްބަރު ހަމީދު ވިދާޅުވިއެވެ.

.gif&w=1920&q=75)
