ރިޔާސީ ރޭހުގައި ދެވަނަ ދައުރަކަށް ނުހޮވޭ ހިސާބުން "ވެރިކަމުގެ މަސްތު" ފިލަންޖެހޭ: ހުސެއިން ހަމީދު
12 ޖުލައި 2026 - 05:27
ރިޔާސީ ރޭހުގައި ދެވަނަ ދައުރަކަށް ނުހޮވޭ ހިސާބުން "ވެރިކަމުގެ މަސްތު" ފިލަންޖެހޭ ކަމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު ވިދާޅުވެއްޖެ އެވެ.
ހުސެއިން ހަމީދު މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ހުސެއިން ވިދާޅުވީ ރާއްޖޭގައި އެއް ވެސް ބޭފުޅަކު ވެރިކަން ކުރެވުނު ކަމަށް ގަބޫލުކޮށް އެއްކައިރިވާން ބޭނުން ނުވާ ކަމަށެވެ. މި ސަބަބާހުރެ ވެރިކަމަށް ދެވަނަ ދައުރަކަށް ކުރިމަތިލުމަށް ފަހު ފެއިލްވާ ހިސާބުން ދެން ވެރިކަމަށް ކުރިމަތި ނުލެވޭނެ ގޮތަށް ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށް ހުސެއިން ހަމީދު ވިދާޅުވި އެވެ.

Ad by Hajj Corporation
ކުޑަހުވަދޫ ދާއިރާގެ މެމްބަރު ވިދާޅުވީ މިފަދަ ގާނޫނެއް ގެންނަޖެހެނީ މި ގައުމަށް އާ ވިސްނުންތައް ގެނައުމަށް ކަމަށެވެ. އަދި އެފަދަ ވިސްނުންތައް ގެނެވޭނީ ޒުވާނުންނަށް ފުރުސަތުދީގެން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވެވި އެވެ. އޭރުން މި ގައުމަށް އާ އިޖާދީ ބަދަލުތައް ފެނިގެންދާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވެވި އެވެ.


