logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުން ކަނޑައަޅުއްވާފައިވާ އުޞޫލުގެ މަތިން ގަވާއިދުން ކުރިޔަށްދާނެ: ހީނާ

މުހައްމަދު މޫސާމުހައްމަދު މޫސާ
13 އޭޕްރީލު 2026 - 08:19
''ރައީސް  ނޫސްވެރިންނާ ބައްދަލުކުރެއްވުން  އުޞޫލުގެ މަތިން ގަވާއިދުން ކުރިޔަށްދާނެ''

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ އުޞޫލުގެ މަތިން، އެ ބައްދަލުވުންތައް ގަވާއިދުން ކުރިޔަށްދާނެކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން 2026 މާރިޗް 1 އިން ފެށިގެން ކަނޑައަޅުއްވާފައިވާ އުޞޫލުގެ މަތިން ގަވާއިދުން ކުރިޔަށްދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނޫސްވެރިންނާ ބައްދަލުކުރެއްވުން ކުރިއަށް ގެންދަވާނެ ގޮތާ ބެހޭގޮތުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ތަފްސީލީ ގޮތެއްގައި އެކަން ހާމަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މީޑިއާއާ އެމަނިކުފާނު ބާއްވަމުން އަންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސީދާ އެމަނިކުފާނު މައުލޫމާތު ދެއްވުމަށް ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

ނަމަވެސް، ރަސްމީ ދަތުރުފުޅެއް ކުރައްވަން ޖެހިވަޑައިގަތުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން ފަދަ ޝެޑިއުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު، މި ބައްދަލުވުންތައް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

އިސް ތަރުޖަމާނު ހީނާ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާތަކުގައިވެސް ކަނޑައެޅިފައިވާ މި އުޞޫލާ އެއްގޮތްވާގޮތުގެ މަތީން ނޫސްވެރިންގެ ބައްދަލުވުންތައް ތާވަލުކުރެވެމުންދާނެ ކަމަށެވެ. މިއީ ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތުގެ ދަށުން، ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ބަސް ރައްކާތެރިކޮށް، ސަގާފަތާއި ޤައުމިއްޔަތު ދިރުވުމަކީ އެންމެންގެ ޒިންމާއެއް: ވަޒީރު ހީނާޚަބަރު | 3 ގަޑިއިރު ކުރިންބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމްއަކާ އެކު، ފުޓްސަލް ދަނޑުތައް ހިމެނޭ އިމާރާތެއް އަޅަނީޚަބަރު | 8 ގަޑިއިރު ކުރިން''ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުން އުފައްދައިފިނަމަ އިޤްތިޞާދު ބޮޑު އަދަވަޅަކަށް ވެއްޓި، ތަކުލީފު މުޅި ރައްޔިތުންނަށް''ރިޕޯޓް | ދުވަހެއް ކުރިންސަރުކާރު ކުންފުނިތަކަށް ބިން ދެވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފިޚަބަރު | 2 ދުވަސް ކުރިން