logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީ ޓިކެޓްގައި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
14 އޭޕްރީލު 2026 - 01:46
ރައީސް މުޢިއްޒު ސަޕޯޓަރުންނާއި ސަލާމް ކުރައްވަނީ، ފޮޓޯ: ޕީއެންސީ
ރައީސް މުޢިއްޒު ސަޕޯޓަރުންނާއި ސަލާމް ކުރައްވަނީ، ފޮޓޯ: ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު ހޯމަ ދުވަހުގެ ރޭ ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ ޖޫން 6، 2026 ވާ ހޮނިހިރު ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީއެންސީން ބުނީ ޕާޓީގެ ޓިކެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 2026 އޭޕްރީލް 14 ވާ އަންގާރަ ދުވަހުން ފެށިގެން އޭޕްރިލް 19 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް އޮންނާނެ ކަމަށެވެ. ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހޭނީ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ. ފޯމާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑް ފަދަ ލިޔެކިޔުންތައް ވެސް ހުށަހަޅަން ޖެހެއެވެ.

ޕާޓީގެ ޓިކެޓަށް އެދި އެއް ފަރާތަށްވުރެ ގިނަ މީހުން ކުރިމަތިލައިފިނަމަ، ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ އެތެރޭގެ ޕްރައިމަރީއަކުންނެވެ. މި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ 25 އޭޕްރިލް 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ފެށިގެންނެވެ.

މި އިންތިޚާބުގައި ވާދަކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ގާނޫނީ ޝަރުތު ހަމަވާ، އަދި ޕީއެންސީގެ ދަފްތަރުގައި ހިމެނޭ ނުވަތަ މެންބަރަކަށްވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން ޕާޓީގެ އިންތިޚާބުތަކާ ގުޅޭ ޓެކްނިކަލް ކޮމިޓީން ބަލާ މިންގަނޑުތަކަށް ވެސް ކެންޑިޑޭޓުން ފެތެންޖެހޭނެއެވެ.

ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 13 އޭޕްރިލް 2026 ގެ އިރުއޮއްސި 6:00 ގެ ނިޔަލަށް ޕީއެންސީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އޭޕްރިލް 20 ވާ ހޯމަ ދުވަހު ޕާޓީގެ ވެބްސައިޓުގައި ޝާއިއުކުރާނެ ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ ޓިކެޓްގައި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ހުޅުވާލައިފިޚަބަރު | 2 ގަޑިއިރު ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގަ، ކުރިމަތިލާން މާދަމާ ހުޅުވާލަނީޚަބަރު | 9 ގަޑިއިރު ކުރިންއިންތިޚާބުގެ ދެވަނަ ބުރުގައި ބަހައްޓަނީ 14 ވޯޓު ފޮށިޚަބަރު | ދުވަހެއް ކުރިންކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓަރސް ލިސްޓު އާންމުކޮށްފިޚަބަރު | 2 ދުވަސް ކުރިން