logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަސް ޗެންޕިއަންސް ލީގުގެ ވެރި ކަސެމީރޯ ތިން ޗެންޕިއަންސް ލީގުގެ ވެރި މެސީއާއެކު އެއްޓީމަކަށް ކުޅެއް އެއްބަސްވެއްޖެ

އަބްދުﷲ ޣާނިމް
15 އޭޕްރީލު 2026 - 03:30
ފަސް ޗެންޕިއަންސް ލީގުގެ ވެރި ކަސެމީރޯ ތިން ޗެންޕިއަންސް ލީގުގެ ވެރި މެސީއާއެކު އެއްޓީމަކަށް ކުޅެއް އެއްބަސްވެއްޖެ - ރިޕޯރޓްސް

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު އަދި ރެއާލް މެޑްރިޑް އާއެކު 5 ޗެންޕިއަންސް ލީގު ނަގާފައިވާ ކަސެމީރޯ، ތިން ޗެންޕިއަންސް ލީގު ހޯދާފައިޥާ މެސީއާއެކު އެމެރިކާގެ އިންޓަ މިއާމީއަށް ބަދަލުވުމަށް އެއްބަސްވެފައިވާ ކަމަށް ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މިއީ އޭނާ ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް އާނުކުރާނެ ކަމަށް މީގެ ކުރިން އިއުލާނުކޮށްފައި ވަނިކޮށް ފެންމަތިވި ޚަބަރެކެވެ.

ބްރެޒިލްގެ ނޫސް އެޖެންސީއެއް ކަމަށްވާ RTI Esporte އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކަސެމީރޯ އިންޓަ މިއާމީއާ ގުޅުމަށް ނިންމާފައިވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހުގައެވެ. މި އެއްބަސްވުމުގެ ދަށުން އޭނާއަށް މިހާރު ޔުނައިޓެޑުން ލިބޭ މުސާރައަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގެ ތަފްސީލްތަކަށް ބަލާއިރު، ކަސެމީރޯގެ މުސާރަ ދެގުނައަށް އިތުރުވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ތެރޭގައި މުބާރާތްތަކުގެ ކާމިޔާބީއާ ގުޅިގެން ލިބޭ ބޯނަސްތަކާއި، މާޗަންޑައިޒް ވިއްކައިގެން ލިބޭ އާމްދަނީގެ އިތުރުން ކޮމާޝަލް ރައިޓްސް އަދި އިމޭޖް ރައިޓްސްއިން ލިބޭ ފައިސާވެސް ހިމެނެއެވެ.

ފާއިތުވި މަސްތަކުގައި ކަސެމީރޯ ގިނަގިނައިން މިއާމީން ފެނިފައިވާ ކަމަށާއި، މި އެއްބަސްވުމާ ގުޅޭގޮތުން ސީދާ ބައްދަލުވުންތަކެއް ބާއްވައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ސީޒަނަކީ ކަސެމީރޯ ޔުނައިޓެޑްގައި ފެންނާނެ ފަހު ސީޒަން ކަމަށް ބެލެވެނީ އޭނާ ކްލަބުގައި މަޑުނުކުރާނެކަން ކުރިންވެސް ކަށަވަރުކޮށްދީފައިވާތީއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަށް ނަތީޖާތަކާއި ޗެންޕިއަންސް ކަޕުން ކެޓުމާއި ގުޅިގެން މަޝަރާނޯ މެސީގެ މަޔާމީއިން އިސްތިއުފާދީފިކުޅިވަރު | ގަޑިއިރެއް ކުރިންފަސް ޗެންޕިއަންސް ލީގުގެ ވެރި ކަސެމީރޯ ތިން ޗެންޕިއަންސް ލީގުގެ ވެރި މެސީއާއެކު އެއްޓީމަކަށް ކުޅެއް އެއްބަސްވެއްޖެ - ރިޕޯރޓްސްކުޅިވަރު | 2 ގަޑިއިރު ކުރިންކަސެމީރޯގެ ސޮއިހޯދުމަށް ރޮނާލްޑޯ އާއި މެސީގެ ގަދަހިފުމަކަށްކުޅިވަރު | 14 ދުވަސް ކުރިންއުތުރުއެމެރިކާ ޗެންޕިއަންސް ލީގުގެ ފުރަތަމަ ބުރުން މެސީގެ މަޔާމީ ކަޓައިފިކުޅިވަރު | މަހެއް ކުރިން