logo
MPL

MPL

ޚަބަރު

ހައްޖަށްދާ ފަރާތްތަކުން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފި

މުޙައްމަދު އަފްރާޙް
15 އޭޕްރީލު 2026 - 04:13
ހައްޖަށްދާ ފަރާތްތަކުން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފި

މިއަހަރު ރާއްޖެއިން ހައްޖަށްދާ ފަރާތްތަކުން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް މޯލްޑިްވސް ހައްޖު ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.

ވެކްސިން ޖެހުމަށް ހުޅުވާލާފައިވާއިރު އަދިވެސް ބައެއް ފަރާތްތަކުން ވެކްސިން ފުރިހަމަ ނުކުރާކަން ފާހަގަކޮށް އެ ކޯޕަރޭޝަނުން ބުނީ މިވެކްސިންތައް ނުޖަހާނަމަ ސަޢުދީއަށް އެތެރެ ނުވެވޭނެ ކަމަށެވެ. އަދި މިހާތަނަށް 60 އަކަށް މީހުން ވެކްސިން ފުރިހަމަ ނުކުރާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން ވީހާވެސް އަވަހަކަށް އެކަން ފުރިހަމަ ކުރުމަށް ތަކުރާރުކުރިއެވެ.

ވެކްސިން ދުރާލާ ފުރިހަމަ ކުރުމަކީ މުހިއްމުކަމެކެވެ. ބައެއް ވެކްސިންތަކާއެކު ހުމާއި ރޯގާގެ އަސަރު ބައެއް ފަރާތްތަކަށް ކުރެއެވެ. އެހެންކަމުން އެފަދަ އުނދަގޫ ތަކުން ޙައްޖަށް ފުރުމުގެ ކުރިން ރަނގަޅުވެ ތައްޔާރުވުމަށްވެސް ވަގުތު ބޭނުންވާނެއެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރުމަށް އަންނަ މަހުގެ 15 ވަނަ ދުވަހު ފުރުމަށް ވަނީ ނިންމާފައެވެ. 4 ފްލައިޓުގައި ޙައްޖަށް މީހުންދިޔުމަށް ހަމަޖެހިފައިވާއިރު އެޑްވާންސް ޓީމު މިއަންނަ މަހުގެ 4 ވަނަ ދުވަހު މައްކާއަށް ފުރާނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދަ މަހުގެ ފަހު 15ގައި ގަމުން ޖިއްދާއަށް އުމްރާ ދަތުރުތަކެއް ފަށަނީޚަބަރު | 5 ގަޑިއިރު ކުރިންޙައްޖު ކޯޕަރޭޝަންގެ އާ އެމްޑީ އަކަށް ފިރުޒުލްޚަބަރު | 3 މަސް ކުރިންމިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެޚަބަރު | 4 މަސް ކުރިންޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެޚަބަރު | 4 މަސް ކުރިން