logo
Bank of Maldives

Bank of Maldives

ޚަބަރު

ދެވަނަ ބުރުގައި 14 ވޯޓުފޮށި، ވޯޓުލުމުގެ ހައްގު 6093 މީހަކަށް

މަރިޔަމް މާޙީ
15 އޭޕްރީލު 2026 - 04:52
ދެވަނަ ބުރުގައި 14 ވޯޓުފޮށި، ވޯޓުލުމުގެ ހައްގު 6093 މީހަކަށް

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ދެވަނަ ބުރުގައި، ޖުމްލަ 5 ދާއިރާއަކުން 6093 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

މި ފަހަރުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށެވެ. މީގެ އިތުރުން، ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށް ވެސް ވޯޓުލުން ކުރިއަށްދާނެއެވެ. މި އިންތިޚާބުތަކުގައި ޖުމްލަ 10 ކެނޑިޑޭޓުން ވާދަކުރެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓު މިހާރު އާންމުކޮށްފައިވާއިރު، މި ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރުމުގެ ފުރުޞަތު މިއަދު މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މި އިންތިޚާބަށްޓަކައި ޖުމްލަ 14 ވޯޓު ފޮށި ބެހެއްޓުމަށެވެ.

ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އަދަދު:
ކެލާ އިންތިޚާބުގައި: 1,729 މީހުން
ނޭކުރެންދޫ އިންތިޚާބުގައި: 1,056 މީހުން
ދޮންފަނު އިންތިޚާބުގައި: 441 މީހުން
މާވަށު އިންތިޚާބުގައި: 1,556 މީހުން
ފުވައްމުލަކު ދަޑިމަގު އަވަށުގެ އިންތިޚާބުގައި: 1,311 މީހުން

ކެލާ، މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި 2 ފޮށި ބަހައްޓާނެއެވެ. އަދި ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި 1 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވޯޓުލުމަށްޓަކައި މާލޭގައި ޖުމްލަ 6 ވޯޓު ފޮށި ބަހައްޓާނެ އެވެ. އެގޮތުން ކެލާ އަދި ދޮންފަނުގެ ރައްޔިތުންނަށް ޚާއްޞަ ފޮށިތައް ތާޖުދިއްދީން ސްކޫލުގައި، ނޭކުރެންދޫ އާއި މާވަށުގެ ފޮށިތައް ހިރިޔާ ސްކޫލުގައި، އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ވޯޓު ފޮށި ދަރުމަވަންތަ ސްކޫލުގައި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޯކަލް އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީން: މަހްލޫފްޚަބަރު | ގަޑިއިރެއް ކުރިންދެވަނަ ބުރުގައި 14 ވޯޓުފޮށި، ވޯޓުލުމުގެ ހައްގު 6093 މީހަކަށްޚަބަރު | 2 ދުވަސް ކުރިން ނަތީޖާ އެއްވަރުވި ފަސް ދާއިރާއެއްގެ އިންތިޚާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ޚަބަރު | 5 ދުވަސް ކުރިންއަލުން ގުނުމުންވެސް ވޭވަށު ވޯޓުގެ ނަތީޖާއަށް ބަދަލެއް ނާދޭ، ބަދަލު އައީ ވޯޓުގެ ޢަދަދަށްޚަބަރު | 6 ދުވަސް ކުރިން