logo
Bank of Maldives

Bank of Maldives

ޚަބަރު

ފިޝަރީޒް މިނިސްޓަރގެ މަގާމަށް ޝިޔާމް

މުޙައްމަދު އަފްރާޙް
15 އޭޕްރީލު 2026 - 05:48
ފިޝަރީޒް މިނިސްޓަރގެ މަގާމަށް ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ކަމަށް އަޙްމަދު ޝިޔާމް މިއަދު ޢައްޔަންކުރައްވައިފިއެވެ.

ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ސޮއިކުރެއްވިއެވެ.

އޭޕްރިލް 14 ވީ އަންގާރަ ދުވަހު، ރައީސް ޑރ. މުއިއްޒު ވަނީ ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް ގެންނަވާފައެވެ. އެއީ ވަޒީރުންގެ މަޖިލީހުގައި ހިމެނި ވަޑައިގެންނެވި 10 ވަޒީރަކު އިސްތިއުފާ ދެއްވުމުންނެވެ. އެބޭފުޅުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ދެވަނަ ބުރުގައި 77 ބައިވެރިންޚަބަރު | 4 ގަޑިއިރު ކުރިން ރައީސް އާއި ޢާއިލާގެ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން އެންމެ ލާރިއެއްވެސް ޚަރަދުކޮށްފައި ނުވާނެ: އިޤްބާލްޚަބަރު | ދުވަހެއް ކުރިންމަރުހޫމް ހަލީމްގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާޚަބަރު | ދުވަހެއް ކުރިންސަރުކާރު ދެމިއޮންނާނީ ކޮންމެ ކުއްޖެއްގެ މުސްތަޤުބަލް ރައްކާތެރިކޮށްދިނުމުގައި ސާބިތުކަމާއެކު: ރައީސްޚަބަރު | 2 ދުވަސް ކުރިން