logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ސަރުކާރު ދެމިއޮންނާނީ ކޮންމެ ކުއްޖެއްގެ މުސްތަޤުބަލް ރައްކާތެރިކޮށްދިނުމުގައި ސާބިތުކަމާއެކު: ރައީސް

އައިޝަތު އިނާޝާ
1 ޖޫން 2026 - 13:39
ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

އަދުގެ ސަރުކާރު ދެމިއޮންނާނީ ބެލެނިވެރިންނަށް އެއްބާރުލުންދިނުމާއެކު ކޮންމެ ކުއްޖެއްގެ މުސްތަޤުބަލް ރައްކާތެރިކޮށްދިނުމުގައި ސާބިތުކަމާއެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ގްލޯބަލް ޑޭ އޮފް ޕޭރަންޓްސް ނުވަތަ، ބެލެނިވެރިންގެ ދުވަހާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، އަޅުގަނޑުމެންގެ އާއިލާތަކުގެ ބިންގާ ބިނާކޮށްދިނުމުގައި، ބެލެނިވެރިން، އެމީހުންގެ މުޅި އުމުރުގައި ވަމުންދާ މަތިވެރި ގުރުބާނީތަކާއި، އެފަރާތްތަކުގެ އިޚްލާޞްތެރި މަސައްކަތްތަކުގެ އަގުވަޒަންކުރައްވާކަމުގައި ވިދާޅުވެފައެވެ. ހަމަމިއާއެކު، އާއިލާއަކީ މުޖުތަމަޢުގެ ބިންގާ ކަމުގައި ދިވެހިންގެ ތެރޭގައި ދެކޭ ސަގާފަތް ދެމެހެއްޓުމަށްޓަކައި، ތަޢުލީމާއި، ޞިއްޙީ ދާއިރާގެ އިތުރުން އިޖުތިމާޢީ ޕްރޮގްރާމްތަކަށް ސަރުކާރުން ކުރާ ވުނަކުރުންތަކަކީ މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދުވެސް ވަނީ އެކަމަނާގެ ރަސްމީ 'އެކްސް' އެކައުންޓުގައި ދުވަހާ ގުޅޭ ޕޯއްޓެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ ޕޯސްޓުގައި، ކުދިންގެ ދިރިއުޅުން ބިނާކުރުމުގައި ލޯތްބާއި، ކެތްތެރިކަމާއެކު ގުރުބާނީތައް ވަމުންދާ ހުރިހާ ބެލެނިވެރިންނާއެކު ސާބިތުކަމާއެކު ހުންނެވިކަން ހާމަކުރައްވާފައިވެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ ހިތަކީ ޢާއިލީ ބަދަހި ގުޅުންކަމުގައި ސިފަކުރައްވަމުން އެކަމަނާ ވަނީ، ކޮންމެ ކުއްޖަކީވެސް އަޅާލުމާއި، ރައްކާތެރިކަމާއި، ފުރުސަތުތަކުން ފުރިގެންވާ މާހައުލެއްގައި ބޮޑުވާ ކުއްޖެއްކަން ކަށަވަރުކޮށްދިނުމުގައި ބެލެނިވެރިން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކުރުމަށާއި، އެފަރާތްތަކަށް ބޭނުންވާ ފުރުސަތުތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ކުދިން ބަލާބޮޑުކުރުމާއި ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން އަދާކުރާ ދައުރުގެ އަގުވަޒަންކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤުވާމީ ބެލެނިވެރިންގެ ދުވަހުގެ ގޮތުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަޝާދު ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާޚަބަރު | 3 ގަޑިއިރު ކުރިންތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ގޮތްހުސްވެފައި އޮންނަ ގައުމެއް ނޫން: ރައީސްޚަބަރު | 6 ގަޑިއިރު ކުރިންކުޅިވަރުތައް ނަމާދަށް މެދުކަނޑާލުމާއި ކުޅިވަރު ކުޅޭ މައިދާންތަކުގައި ނަމާދު ކުރެވޭގޮތް ހެދުމަށް އެ ތިން ރައީސުން ގަޔާނުވަނީތަ؟ރިޕޯޓް | 7 ގަޑިއިރު ކުރިންތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ގްރީން ފަންޑުން ޚަރަދު ކުރަނީޚަބަރު | 8 ގަޑިއިރު ކުރިން