logo
Bank of Maldives

Bank of Maldives

ޚަބަރު

ހަނގުރާމައާ ގުޅިގެން މަޝްރޫޢުތަކަށް އައި މަޑުޖެހުންވަނީ، ހަލުވިކުރެވިފައި: ރައީސް

އައިޝަތު ނަޝާ
1 ޖޫން 2026 - 11:08
ހަނގުރާމައާ ގުޅިގެން މަޝްރޫޢުތަކަށް އައި މަޑުޖެހުންވަނީ، ހަލުވިކުރެވިފައި: ރައީސް

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ކުރިމަތިވި ދަތިތައް ހައްލުކުރެވި، ދާދި އަވަހަށް މަޝްރޫޢުތައް ހަލުވިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން އިސްވެ، މައުލޫމާތު ހިއްސާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ސަރުކާރުގެ ވުޒާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާމަކުރުމަށް ބާރު ދުވެލީގައި މަސައްކަތްތަކެއް ކުރެވޭކަމަށާ، މައުލޫމާތު ހާމަކުރުމުގައި ހުރިހާ ވުޒާރާއަކުންވެސް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 100 ޕަސެންޓް ހާސިލުކުރާނެކަމުގެ އުންމީދު އެބައޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަމިއާއެކު، މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤު (އާރް.ޓީ.އައި) އާ ގުޅިގެން ދޭންޖެހޭ ޖަވާބުތައް ޚަލާސްކުރެވެމުންދާ ކަމަށާ، މުހުލަތު ހަމަވެފައިވާ މައްސަލަތަކަށްވެސް 15 ވަރަކަށް ދުވަހުގެ ތެރޭގައި ޖަވާބުދާރީވެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަމާޒަކީ، އިސްވެ މައުލޫމާތު ހިއްސާކުރުމަކީ އާންމުކޮށް އެކަން ބައްޓަންވެފައި އޮންނަންޖެހޭ ގޮތްކަމުގައި ހެއްދެވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ކުންފުނިތަކާ ޙަވާލުކުރައްވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ފެއްޓެވި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތުގެ ދުވެއްޔަށް މަޑުޖެހުމެއް އައި ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ އެނޫންވެސް ގޮތްގޮތުން ކުރިމަތިވި މައްސަލަތައް ހައްލުކުރެވި، ދުވެލި ހަލުވިވެގެންދާނެކަމުގެ ޔަޤީންކަންދެއްވައި، މިފަދަ ބައެއް މަޝްރޫޢުތަކުގެ އަދާހަމަ، އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.

މަޝްރޫޢުތަކުގެ ދުވެލި ހަލުވިވެގެންދާއިރު، މަޑުޖެހުނުތަން ފޫބެދިގެންދާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ. މިގޮތުން މާލޭ ސަރަޙައްދާއި އަތޮޅު ތެރޭގައި ހިންގާ ބޮޑެތި މަޝްރޫޢުތަކުގެ ތަފްސީލުތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ. އަދި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

މީގެ އިތުރުންވެސް، ތަފާތު އެކި ދާއިރާތަކުން ކުރިމަތިކުރެއްވި ސުވާލުތަކަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަވާބުދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނގުރާމައާ ގުޅިގެން މަޝްރޫޢުތަކަށް އައި މަޑުޖެހުންވަނީ، ހަލުވިކުރެވިފައި: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންއިދިކޮޅު ފަރާތްތަކުން މޫނަށް ރުލެއްވެސް ނާރުވާ ދޮގުހަދާއިރު، އަމިއްލައަށް ފަލީހަތްވާއިރުވެސް ނޭނގޭ: ރައީސްޚަބަރު | 5 ގަޑިއިރު ކުރިންނަމާދު ވަގުތުތަކުގައި ކުޅިވަރު ނުކުޅޭވޭ ގޮތް ހަދަނީޚަބަރު | 6 ގަޑިއިރު ކުރިން16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްތަކެއް ބޭން ކުރަނީ!ޚަބަރު | 7 ގަޑިއިރު ކުރިން