logo
Bank of Maldives

Bank of Maldives

ޚަބަރު

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްތަކެއް ބޭން ކުރަނީ!

އައިޝަތު ނަޝާ
1 ޖޫން 2026 - 06:11
16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްތަކެއް ބޭން ކުރަނީ!

ސައިބާ ބުލީ އަދި އޮންލައިން ގްރޫމް ފަދަ ކުއްތަކަށް ކުޑަކުދިން އަރައިގަންނަ މިންވަރު އިތުރުވެފާވާތީ، އެކަން ހުއްޓުވުމަށްޓަކާ ތެ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްތަކެއް ބޭން ކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ޕްރެސް ކޮންފެރެންސްގައި ވާހަކަދައްކަވަމުނެނެވެ.ރައިސް ވިދާޅުވީ، ސޯޝަލް މީޑިއާގައި ވަރަށް ނުރައްކާތެރި ކޮންޓެންޓް ތަކަށް ކުޑަކުދިން އަރައިގަންނަމުން ދާއިރު، އެކުދިން މި ފަދަ ކަންކަމުން ސަލާމަތް ކުރުމަށް މަސައްކަތްތަކެއް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވަނީ މިކަމުގައި އޮސްޓްރޭލިއާ އިން އަޅާފައިވާ ފިޔަވަޅުތަކަކީ ރަނގަޅު މިންގަނޑެއް ކަމުގައި ވިދާޅުވެފައެވެ.އެހެންކަމުން އެ ޤައުމުން އަޅާފައިވާ ފިޔަވަޅުތަކުގެ އަލީގައި ،ރާއްޖޭގެ ޤާނޫނަށް ބަދަލުތަކެއް ގެނެސްގެން ނަމަވެސް ،ނުވަތަ ސޯޝަލް މީޑިއާގައި މިފަދަ އެޕްތަށް ހިންގާ ކުންފުނިތަކާ ވާހަކަދައްކައިގެން ނަމަވެސް ،އޮސްޓްރޭލިއާގެ މިންގަނޑުތަށް ރާއްޖޭގައި ތައާރަފް ކުރެވޭނެ ގޮތެއް ހެދުމުގެ މަސައްކަތް ކުރުމަށް ގަސްތުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އުންމީދަކީ ، އެންމެ ގިނަވެގެން އަހަރެއްހާ ދުވަސް ތެރޭގައި، އޮސްޓްރޭލިއާގައި އޮތްފަދަ ނިޒާމުގެ ތެރެއިން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްތައް ބޭން ކުރުމުގެ މަސައްކަތް ކުރުން ކަމަުގައި ރައީސް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިދިކޮޅު ފަރާތްތަކުން މޫނަށް ރުލެއްވެސް ނާރުވާ ދޮގުހަދާއިރު، އަމިއްލައަށް ފަލީހަތްވާއިރުވެސް ނޭނގޭ: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންނަމާދު ވަގުތުތަކުގައި ކުޅިވަރު ނުކުޅޭވޭ ގޮތް ހަދަނީޚަބަރު | 2 ގަޑިއިރު ކުރިން16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްތަކެއް ބޭން ކުރަނީ!ޚަބަރު | 3 ގަޑިއިރު ކުރިންގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު އަނބުރާ މަޖިލީހަށްޚަބަރު | 15 ގަޑިއިރު ކުރިން